ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެންގަނޑު ނުހިނދޭތީ މީހުން ވަޅުލުން ވަގުތީ ގޮތުން އާސަހަރާއަށް

އާ ސަހަރާ މިހާރު ހުރި ހާލަތު : ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެންގަނޑު ނުހިނދޭތީ މަރުވާ މީހުން ވަޅުލުން ވަގުތީ ގޮތުން އާ ސަހަރާއަށް  - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އާ ސަހަރާ މިހާރު ހުރި ހާލަތު : ހުޅުމާލެ ސަހަރާގެ ބިމު އަޑިން ފެންގަނޑު ނުހިނދޭތީ މަރުވާ މީހުން ވަޅުލުން ވަގުތީ ގޮތުން އާ ސަހަރާއަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިދިޔަ ހަފުތާ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން، ހުޅުމާލެ ސަހަރާގެ ބިމު އަޑީގައި ހެދިފައިވާ ފެންގަނޑު އަދިވެސް ނުހިނދޭތީ މާލެ ސަރަހައްދުން މަރުވާ މީހުން ވަޅުލުން އާ ސަހަރާއަށް ބަދަލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ "އަދަދު" އަށް ވިދާޅުވީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލާފައިވަނީ ވަގުތީ ގޮތުން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ހުޅުމާލެ ސަހަރާގެ ބިމު އަޑީގައި ހުރި ފެންގަނޑު ނުހިނދޭތީ ފޫޓެއްހާ ތަން ކޮންނައިރަށް ފެން އެރުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ސަހަރާއަށް ދިމާވެފައިވާ މައްސަލަ ހައްލުވާން ހަފުތާއެއްހާ ދުވަސް ނަގާނެ އެވެ. މައްސަލަ ހައްލުވަންދެން މީހުން ވަޅުލުން އާ ސަހަރާއަށް ބަދަލުކުރި ނަމަވެސް މޫނު ދެއްކުން އަދިވެސް ކުރިއަށް ގެންދާނީ ހުޅުމާލެ ސަހަރާގަ އެވެ.

އާ ސަހަރާގައި މޫނު ދެއްކުމުގެ ކަންކަން މިވަގުތު ހަމަ ނުޖެއްސެނީ ސިޓީ ކައުންސިލުން އެ ތަން ތަރައްގީ ކުރުމަށް މިދިޔަ އަހަރު ކުރީކޮޅު ފެށި މަޝްރޫއު އަދިވެސް ނުނިމޭތީ އެވެ.

އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމާތު ކުރަން ހަވާލުކުރި ކޮންޓްރެކްޓަރަށް އެ މަސައްކަތުގެ އަގުގެ ތެރެއިން 3.9 މިލިއަން ރުފިޔާ ވެސް ދީފައި ވަނިކޮށް، މަސައްކަތުގެ މެދު ތެރެއިން ކޮންޓްރެކްޓް ވެސް ބާތިލު ކުރި އެވެ.

މި ފަހުން ސިޓީ ކައުންސިލުން ބުނި ގޮތުގައި އާ ސަހަރާގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް އަލުން ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox