ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ ދަރިމައިވުގެ ސިއްހަތާ ގުޅޭ މައުލޫމާތު ސެޝަނެއްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
މިއަދު ހަވީރު ބާއްވާ މި ސެޝަންގައި މައުލޫމާތު ދެއްވާނީ އިނގިރޭސި ވިލާތުގެ ޑޮކްޓަރެއް ކަމުގައިވާ އަނީތާ ގޯރް އެވެ. ސެޝަން އޮންނާނީ ހަވީރު 16:00 ގައި ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ.
ޑރ.އަނީތާ ގޯރަކީ އިގިރޭސިވިލާތުގެ ބްރިޓިޝް ފާޓިލިޓީ ސޮސައިޓީގެ ސެޓްފިކެޓާއި، ތަމްރީނު ލިބިފައިވާ އަދި އެކްރެޑިޓް ކޮށްފައިވާ ފާޓިލިޓީ ސްޕެޝަލިސްޓެކެވެ. ޑރ. އަނީތާ ގޯރް އިން-ވިޓްރޯ-ފާޓިލައިޒޭޝަން (އައިވީއެފް) ފަރުވާ ދެއްވާތާ 20 އަހަރު ވެފައިވާއިރު، އިނގިރޭސިވިލާތާއި އިންޑިއާ އަދި އޮމާންގައި ވެސް ދަރިމައިވުމުގެ ހިދުމަތް ދެއްވުމުގެ ތަޖުރިބާ އޭނާ އެބަހުއްޓެވެ.
"މި ފާޓިލިޓީ ސުވާލާއި ޖަވާބު ސެޝަނަކީ ވަރަށް ހާއްސަ ޝައުގުވެރި އަދި ތައުލީމީ ސެޝަނަކަށް ވެގެންދާނެ. މި ސެޝަންގައި ދަރިމައިވުމާ ބެހޭ ގޮތުން މައުލޫމާތު ހޯދައި މި މުހިންމު މައުލޫއާބެހޭ ގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކަށް ޖަވާުބުދެވޭނެ،" ޑރ. އަނީތާ ގޯރް ވިދާޅުވި އެވެ.
މި ސެޝަން އަކީ ދަރިމައިވުމުގެ ސިއްހަތާބެހޭ ސުވާލުތަކަށް އެ ދާއިރާގެ ތަޖުރިބާކާރެއްގެ ފަރާތުން ޖަވާބު ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.

މި ސެޝަންގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރާށެވެ.












