އަހަަރު 2023: މަންމައަކު ދަރި، ކޮއްކޮއަކު ބޭބެ؛ ރަހުމުކުޑަ ގަތުލުތަކެއްގެ އަހަރެއް

އަހަަރު 2023: މަންމައަކު ދަރި، ކޮއްކޮއަކު ބޭބެ؛ ރަހުމުކުޑަ ގަތުލުތަކެއްގެ އަހަރެއް

އައްޑޫ ސިޓީގައި ކޮއްކޮއަކު އޭނާގެ ބޭބެއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި އެވެ. އދ. އަތޮޅު ރަށެއްގައި މަންމަކު އޭނާ ވިހެއި ދަރިފުޅު ކުނި ގޮނޑަށް އެއްލާލައި މަރާލި އެވެ.

މިއީ ނިމޭ 2023 ވަނަ އަހަރު ހިނގައިދިޔަ މަރުތަކުގެ ހުލާސާ އެވެ. ސިހުން ގެނުވި، ހިތްތަކާ ކުޅެލި، ގަބޫލުކުރަން ދަތިވި، ރަހުމުކުޑަ ދެ ގަތުލެއްގެ އިތުރުން އެހެން ވެސް މަރުތަކެއް މިއަހަރު ހިނގައިދިޔަ އެވެ.

ކޮއްކޮއަކު، އޭނާގެ ބޭބެ މަރާލުން

ނިމުނު އަހަރު ގިނަ ބަޔަކަށް އެންމެ ބޮޑަށް ސިހުން ގެނުވި އެއް މަރަކީ، އައްޑޫ ސިޓީގައި ދެބެއިންނެއްގެ ދެމެދު ހިނގި މާރާމާރީ އެވެ. މި މާރާމާރީގައި ކޮއްކޮ ވަނީ އޭނާގެ ބޭބެ މަރާލައިފަ އެވެ.

އެ ހާދިސާ ހިނގީ މެއި 31، ވަނަ ދުވަހުގެ ރޭ އައްޑު ސިޓީގެ މަރަދޫގަ އެވެ. މަރަދޫފޭދޫ، ބްލޫ ސްޓާ، އަހުމަދު ޝުއައިބު މަރާލީ އޭނާގެ ކޮއްކޮ، ހުސައިން މަވާޒެވެ.

އެއީ ދެ މީހުން ދިރިއުޅޭ ގެ ކައިރީ މަގުމަތީ ހިނގި ކަމެކެވެ. ކަތުރެއް ކަމަށް ބެލެވޭ އެއްޗަކުން ދިން ހަމަލާގައި ޝުއައިބަށް ދިން ޒަހަމްތަކަށް ފަރުވާ ދިނުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޝުއައިބު މަރުވީ ހޮސްޕިޓަލުގައި، އެ ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

މަވާޒު، 25، ތޫނު އެއްޗަކުން ދިން ހަމަލާއަކުން ޝުއައިބު، 27، މަރުވުމުން މަވާޒު ފުރަތަމަ އުޅުނީ ފިލައިގެންނެވެ. އެކަމަކު، އޭނާ ހޯދަން އިއުލާން ކުރި ފަހުން، ޖެހިގެން އައި ދުވަހު، އަމިއްލައަށް ފުލުހުންނާ ހަވާލުވި އެވެ.

މަވާޒު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. ދައުލަތް ތަމްސީލުކުރާ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އޭނާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލި އެވެ. މަވާޒު ވަނީ ޝަރީއަތުގައި ވެސް ކުށަށް އިއުތިރާފުވެފަ އެވެ.

ކުށަށް އިއުތިރާފުވުމަށް ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ވަނީ ގާއިމުކޮށްފަ އެވެ. އެ އެއްބަސްވުމުގައި އޮތީ، ރޭޕްގެ މައްސަލަތަކާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ ރެކޯޑު ވެސް މަވާޒުގެ މައްޗަށް އޮތުމުން 15 އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ކުށުގެ ދަރަޖަ މަތިކުރަން ފެންނަ ކަމަށެވެ.

އެކަމަކު ތަހުގީގު މަރުހަލާއިން ފެށިގެން ވެސް ކުށް ގަބޫލުކޮށް އިއުތިރާފުވެ، އަދި އެއްބާރުލުން ދޭތީ އެ އަދަބުން ދަރަޖައެއް ދަށްކޮށް، އޭނާގެ މައްޗަށް 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަނޑައަޅަން އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

މަވާޒުގެ އަދަބު، ޝަރީއަތުން ކަނޑައެޅީ ގޮތަށެވެ. އެއްބަސްވުމުގައިވާ ފަދައިން، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމުގެ އިތުރަށް ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށެވެ.

ވިހާފައި ދަރި ކޮތަޅަކަށް ލާފައި އެއްލައިލީ ކުނިގޮނޑަށް

މި ނިމުނު އަހަރު ހިނގި މަރުތަކުގެ ތެރެއިން، ގިނަ ބަޔަކަށް ސިހުން ލިބި ހިތްތަކާ ކުޅެލި އެއް ހާދިސާއަކީ މިއީ އެވެ. މަންމައަކު، އޭނާ ވިހެއި ދަރިފުޅު ކޮތަޅަކަށް ލައި، ކުނި ގޮނޑަށް އެއްލައިލީ އެވެ.

އަހަރުގެ އެންމެ ފަހު މަހު، ޑިސެމްބަރު 3، ގައި އެ ހާދިސާ ހިނގީ އދ. ދިގުރަށުގަ އެވެ.

އެ ރަށުގެ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރަމުން ބިދޭސީ އަންހެނަކު ވިހެއުމަށް ފަހު، ދަރިފުޅު ގޮނޑަށް އެއްލައިލުމަށް ފަހު ރަށުން ފުރައިގެން ދިޔައީ އެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. އެއީ ދިގުރަށު ކުނި ގޮނޑުން އެ ކުއްޖާ ހަމަ ފެނުނު ދުވަހެވެ.

ކުއްޖާގެ ހަށިގަނޑު ފެނުނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރާ ބިދޭސީއަކަށެވެ. ކުނިގޮނޑު ހުންނަނީ ވެސް މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގަ އެވެ.

ޖެހިގެން އައި ދުވަހު އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ ބޭނުމުގައާއި މުޖުތަމައަށް ހުރި ނުރައްކާ ވަޒަން ކުރުމަށް ފަހު ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ފުލުހުންނަށް ދީފަ އެވެ.

ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ޓަކައި އިންޑިއާއަށް ފޮނުވީ ޑިސެމްބަރު 16، ގަ އެވެ. ޕޯސްޓްމޯޓަމްގެ މަސައްކަތް ނިމުމުން ކުއްޖާގެ ހަށިގަނޑު އަނބުރާ ރާއްޖެ ގެނައީ ޑިސެމްބަރު 22، ގަ އެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުން އެބަދެ އެވެ. ތުހުމަތުވާ މީހާއަށް ދައުވާ ކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

ހިމޭން މަނަދުއަށް ބިރުވެރިކަން ފަތުރާލި މަރު

ކުށް މަދު، ހިމޭން ނ. މަނަދޫގައި ފަހުގެ ތާރީހެއްގައި މިފަދަ ކަމެއް ނުހިނގަ އެވެ. މަރުގެ ތަހުގީގެއް ކުރަން ފުލުހުންނަށް ދަތިވި ކަމަކީ ވެސް، މީގެ ކުރިން އެފަދަ ކަމެއްގެ ބޭނުން ނުޖެހޭތީ ވަސީލަތްތަކެއް އެ ރަށުގައި ގާއިމު ވެސް ކޮށްފައި ނެތުމެވެ.

މަނަދޫ ޕޮލިސް ސްޓޭޝަނާ ވެސް ކައިރީގައި ހުރި ގެއެއްގައި މަރާލި އެ ރަށު އަންނާރުމާގެ، ނައީމާ މޫސާއަކީ އެ ރަށުގެ އެހެން މީހުނާ މާ ގާތް ގުޅުމެއް އޮތް މީހެއް ނޫނެވެ. އަމިއްލައަށް މަސައްކަތްކޮށް ކައްކައި ކައި އުޅެމުން ދިޔަ ހަރަކާތްތެރި، އެކަމަކު އެކަނިވެރި ދިރިއުޅުމެއް އުޅެމުން ދިޔަ މީހެކެވެ.

ސިހުރާއި އެކި ތުހުމަތުތައް އޮތް، އޭނާގެ ހަބަރެއް ނުވެގެން ގެ ކައިރިއަށް ދިޔައީ، ނައީމާއާއެކު މަސައްކަތްކުރާ ރަށު ކައުންސިލްގެ މުވައްޒަފުންތަކެކެވެ. އެއީ ނައީމާ މަސައްކަތަށް ނުނުކުމެ ދެ ދުވަސް ވުމުން ވީ ގޮތެއް ބެލުމަށެވެ. އެއީ ރަށު ތެރެ ސާފުކޮށް ބަލަހައްޓާ ކައުންސިލްގެ މުވައްޒަފުންނެވެ.

އެއީ އޭޕްރީލް 7، ވަނަ ދުވަހެވެ. ނައީމާގެ ހަބަރެއް ނުވާތާ އެއިރު ދެ ދުވަސް ވެއްޖެ އެވެ. އެ ރޭ އިރާކޮޅު ނައީމާގެ ހަށިގަނޑު ފެނުނު އިރު ޝައްކު އުފެދޭ ކަންކަން ހުރުމުން ފުލުހުން ވަގުތުން އެ ސަރަހައްދު ބަންދުކޮށް ތަހުގީގު ފެށި އެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޕާޓުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ. ނައީމާ މަރުވެފައި އޮއްވާ ފެނުނު އިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައި ހުއްޓެވެ.

މަރުގެ ތަހުގީގަށް ދަތިވި ކަމަކީ، ޕޮލިސް ސްޓޭޝަން ކައިރީ ވެސް ކެމެރާއެއް ބަހައްޓާފައި ނެތުމެވެ. މީގެ ކުރީގައި އެފަދަ ބޭނުމެއް ޖެހިފައި ނެތުމުންނެވެ.

އެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރީ، ތަހުގީގު ހިނގަމުން ދިޔަތާ މަސް ދުވަސް ފަހުން މެއި މަހުގަ އެވެ. ކުރާނެ ކަމެއް ނެތެވެ. ރަށުގައި އުފެދިފައިވާ ހަމައެކަނި ކުށުގެ ވެށި، މަސްތުވާތަކެތީގެ ނެޓްވޯކް ތެރޭގައި އުޅޭ ޒުވާން ބަޔަކު، ކޮންމެ ވެސް ސަބަބަކާ ހުރެ، ނައީމާ މަރާލީ އެވެ.

ހައްޔަރުކުރި މީހުން

1. ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، 23

2. ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، 21

3. ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް، 21

އެ މައްސަލާގައި މީހަކު ހައްޔަރުނުކުރެވި ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އަހުޒަމް ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އޭނާ ހައްޔަރުކޮށް ފުލުހުން އެކި ކަންކަން ބަލަމުން ދަނިކޮށް އަހުޒަމް ކުށަށް އިއުތިރާފުވެ ފުލުހަށް އެ މަރު ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ދިނީ އެވެ.

ފަވާޒު އާއި ރިފާސް ހައްޔަރުކުރީ އަހުޒަމްގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

މެއި މަހު މި މީހުން ހައްޔަރު ކުރުމަށް ފަހު ވެސް ތަހުގީގު ނިންމުމަށް ހަ މަހެއްހާ ދުވަސް ނެގި އެވެ. މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން (ދައުވާ ކުރުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާ ކުރުން) އަށް ދެ މަހަށް ވުރެ ގިނަ ދުވަސް ނެގި އެވެ.

ފުލުހުންނާއި ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނަމުން ދިޔަ ގޮތުގައި ތަހުގީގު ނިމުމަށް ލަސްވީ ޑީއެންއޭ ރިޕޯޓް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނުނިމިގެންނެވެ. ޑީއެންއޭ އަކީ، މި މައްސަލައިގައި ހިމެނޭނެ އެންމެ ބޮޑު ފޮރެންސިކް ހެއްކެވެ.

ތިން މީހުންގެ މައްޗަށް ދައުވާ ކުރީ ނޮވެމްބަރު މަހު އެވެ. ކޮންމެ މީހެއްގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކުރަނީ، ނައީމާ މަރާލަން ބޭނުން ކުރި ވަޅި އާއި އެހެން ތަކެތި އެ ރަށުގެ ނާމަގު ސަރަހައްދުގައި ވަޅެއް ކޮނެ، އަންދާ އެ ތަކެތި ނައްތާލަން އުޅުމުންނެވެ. އެ މީހުން މަސައްކަތް ކުރީ ހެކި ނައްތާލުމަށް ކަމަށް ޕީޖީން ބުނެފައިވެ އެވެ.

މައްޔިތާ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ކުރަނީ ނައީމާ މަރާލުމަށް ފަހު އޭނާ ދިރިއުޅުނު ގޭގެ ދޮރު ތަޅުލުމުގެ ސަބަބުން އޭނާގެ އާއިލާއަށް އެ ހަށިގަނޑު ނުފެނި 40 ގަޑިއިރު ހޭދަވުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ނޮވެމްބަރު 30، ގައި ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ނައީމާ މަރާލީ ކޮން ސަބަބަކާ ހުރެ ކަމެއް ތަހުގީގަށް އެ ދުވަހާ ހަމައަށް ވެސް ސާފުވެފައެއް ނުވެ އެވެ.

ނަމަވެސް ތަހުގީގުން ލިބިފައިވާ ސައިންޓިފިކް، ފޮރެންސިކް އަދި އެހެނިހެން ހެކިތައް ބޭނުންކޮށްގެން މައްސަލަ ކާމިޔާބު ކުރުމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ އެ ދުވަހު ވިދާޅުވެފައިވެ އެވެ.

ގޭންގު ބަދަލު ހިފުން ބޮޑުވެ، ފިހާރައެއް ތެރޭ ހުއްޓާ މީހަކު މަރާލުން

މި ނިމުނު އަހަރަކީ ވެސް ގޭންގު މާރާމާރީތަކާއި ގޭންގު ބަދަލު ހިފުންތަކުގެ އަހަރެވެ. އެއް ގޭންގު، އަނެއް ގޭންގާ ދެމެދު އުފެދޭ ހިތްހަމަނުޖެހުންތަކުގައި ސިލްސިލާ އެކި މާރާމާރީތައް އަހަރުގެ ކުރީކޮޅު ގިނަވި އެވެ.

މާރާމާރީގެ ސިލްސިލާގެ ތެރެއިން އެކި މުދަލާއި ތަންތަނަށް ވެސް ގެއްލުން ދީފައިވަނިކޮށް ފެބްރުއަރީ 24، ގައި ހިނގި ކަމަކީ ފިހާރައެއް ތެރޭގައި މީހަކު ގޮސް ހުއްޓާ އޭނައަށް ވަޅިން ހަމަލާ ދިނުމެވެ.

ހުކުރު ދުވަހެއްގެ ރޭ، އުމުރުން 30 އަހަރުގެ ފިރިހެނަކަށް ހަމަލާ ދިނީ ފިލަން ވެގެން މާފަންނު މުރަނގަމަގު، ބީޖީ ގަރާޖު ކައިރީ ހުންނަ ކޮސްމެޓިކް ސާމާނު ވިއްކާ ކްލާސާ ފިހާރަ ތެރެއަށް ވަދެ ހުއްޓަ އެވެ.

ސ. ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު/ނައުއްޓެ) އަށް ދިން ހަމަލާގައި ވަރަށް ބޮޑަށް އަނިޔާވެގެން ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، އޭނާ މަރުވީ އޭގެ ތިން ދުވަސް ފަހުން ފެބްރުއަރީ 27، ގަ އެވެ.

އެއިރުގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ހަމަލާ ހިމެނޭހެން އެ ދުވަސްވަރު ހިނގި ގިނަ މާރާމާރީތަކަކީ 'ކުޑަހެންވެއިރު" ކިޔައިގެން އުޅޭ ގޭންގަކާއި، 'އެންސީ" އޭ ކިޔައިގެން އުޅޭ ގޭންގަކުން ހިންގާ މާރާމާރީތަކެކެވެ.

ނައުޝާދު މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކުރީ އަހަރު ނިމެނިކޮށް، ޑިސެމްބަރު 10، ގަ އެވެ. އެ މައްސަލާގައި ދައުވާކުރަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގޭ، އިބްރާހިމް ފައިހް ނިޒާމު އާއި ތ. ގާދިއްފުށީ، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެއީ މިފަދަ މާރާމާރީގެ ރެކޯޑު އޮތް ދެ މީހެކެވެ.

ފައިހު އާއި، ސިރުހާންގެ މައްޗަށް ކުރާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

އަހަރު ކުރީކޮޅު ހިނގި މާރާމާރީގެ އެހެން މައްސަލައެއްގައި ފައިހު ހޯދަމުން ދިޔަ ދުވަސްވަރު އޭނާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ވެސް ދެ މީހަކަށް މި އަހަރު ތެރޭގައި ދައުވާކޮށްފައިވެ އެވެ. އަހަރު މެދު ތެރެއިން ދައުވާ ކޮށްފައިވަނީ ލ. ގަން، ތުނޑި، ނެވާކޯން، އަބްދުﷲ ޖުނައިދު އާއި ރ. ކަނދޮޅުދޫ، ފީރޯޒުގޭ، މުހައްމަދު ޝަބީބުގެ މައްޗަށެވެ.

ލިޓަން ގެއްލުން އަދި ނިޒާމަށް ލިޓަން މަރާލުމުގެ ދައުވާ

ފިއުލް ޕަވާ ކުންފުނީގެ "ހޭދަކުރި" ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަން، 35، އަދި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް ގެއްލިގެން ހޯދަން ފެށީ އަހަރު ކުރީކޮޅުގަ އެވެ.

އޭރު މީހަކު މަރާލިކަމެއް ނުވަތަ މީހަކު ގެއްލުވާލުން ފަދަ ޖިނާއީ ބޮޑު ކުށެއް ހިނގައިގެން އުޅޭ ކަމެއް އެނގިފައެއް ނެތެވެ.

އެ ދެ މީހުން ގެއްލިގެން ފުލުހަށް ފުރަތަމަ ރިޕޯޓެއް ލިބުނީ، ޑިސެމްބަރު 28، 2022 ގަ އެވެ. އޭރު ފުލުހަށް ރިޕޯޓް ކުރީ އެ ދެ މީހުން އެންމެ ފަހުން ފެނުނީ ތެޔޮބޯޓެއްގައި ވިލިމާލެ ފަޅުން ނުކުމެގެން ދަނިކޮށް ކަމަށެވެ.

ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު ފުލުހުންނަށް ފެނުނީ އޭގެ ދެ ދުވަސް ފަހުން، ޖެނުއަރީ 1، ގަ އެވެ. ތެޔޮ ބޯޓު ފެނުނީ ހުޅުލެ ފަޅު ތެރެ ކައިރިންނެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމެއް ވެސް ނެތެވެ.

ފުލުހުން އެ ދެ މީހުން ހޯދަމުންދާ ކަން އިއުލާން ކުރީ އެ ދުވަހެވެ.

ދެ މީހުން ހޯދުމުގެ އޮޕަރޭޝަން ހުއްޓާނުލައި ފުލުހުން ކުރިއަށް ގެންދަނިކޮށް ނިޒާމު ފެނުނީ، އޭނާ ދަންނަ މީހަކު އޭނާ ފެނިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ހިސާބުންނެވެ. އޭގެ ފަހުން އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް މާލޭ ގެސްޓްހައުސެއްގައި ނިޒާމު ހުއްޓައި، ފުލުހުން ގޮސް އޭނާ ހައްޔަރުކުރި އެވެ.

ނިޒާމު އަތުލައިގަނެވުނު ނަމަވެސް ލިޓަންގެ ހަށިގަނޑު ހޯދިފައެއް ނުވެ އެވެ. އެ ހަށިގަނޑު ނުފެނުނަސް ނިޒާމުގެ މައްޗަށް ލިޓަންގެ މަރުގެ ދައުވާކޮށް ކޯޓަށް ހުށަހެޅިކަން ޕީޖީ އޮފީހުން ހާމަކުރީ ފެބްރުއަރީ 26، ގަ އެވެ.

ހަށިގަނޑު ނުފެންނަނީސް ލިޓަން މަރާލުމުގެ ދައުވާ އުފުލިދާނެތޯ ގިނަ ސުވާލުތަކެއް ވެސް އުފެދުނެވެ.

އުފެދިފައިވާ ގާނޫނީ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ މީހަކު މަރާލުމުގެ ގަސްތުގައި ހިންގޭ އަމަލުތަކުން ގާނޫނުގައި ބަޔާންކުރާ އެ ދައުވާ ސާބިތު ކުރެވޭނެ އެވެ.

އެނގިހުރެ މީހަކު މެރުމުގެ ދައުވާގެ ބަދަލުގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލީ ވެސް އެ ސަބަބަށް ޓަކައި ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ގަޒިއްޔާތަކާ ހަވާލާދީ ވެސް، މީހަކު މަރާލަން ކުރަން ޖެހޭ ކަންކަން ނިޒާމު ކުރި ކަން ސާބިތުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ކުރިން ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ކުދި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮތް ނިޒާމުގެ މައްޗަށް، އެ މައްސަލާގައި ވެސް، ވައްކަމާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަ ދެ އެވެ.

މަރުގެ މައްސަލަތަކަށް ސުޕްރީމް ކޯޓުގެ މުހިންމު ހުކުމެއް

އެއީ މީގެ 11 އަހަރު ކުރިން، ވެސްޓް ޕާކު ކައިރީގައި މ. ފެއާރީނޯ އަލީ ޝިފާން ހުއްޓައި، ސައިކަލުގައި ބަޔަކު ގޮސް އޭނާއަށް ވަޅިން ހަމަލާދީ، މަރާލި މައްސަލާގައި ހިމެނޭ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ކުރި ހުކުމެކެވެ.

ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓަން ހުކުމް ކުރެއްވީ ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގަ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ތާއީދުކުރެއްވީ، އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި މަރުގެ މައްސަލަތައް ސާބިތު ކުރުމަށް ބަލަން ޖެހޭ މުހިންމު ކަންކަމެއް ފާހަގަ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހެކިބަސް އެއް ގޮތް ވުމުގައި ބަލަން ޖެހޭ ކަންކަމާއި ގިސޯސް ހިފުމާއި އެ ކަން ސާބިތު ކުރުމުގައި ޑީއެންއޭގެ ދައުރު ބަޔާންކޮށްދިނެވެ.

ފަނޑިޔާރުގެ ރައުޔުގައި ޑީއެންއޭ ރިޕޯޓަށް ބުރަދަން ދެވޭ އިސްލާމީ ޝަރީއަތުގެ އެކި ނައްސުތަކަށް ރިއާޔަތްކުރެއްވި އެވެ. އެގޮތުން, ގަރީނާގެ އިސްތިލާހީ މާނައިގެ ތެރޭގައި ޔަގީނުގެ ދަރަޖައަށް ކަމެއް ގެންގޮސްދޭ ކޮންމެ އާލާތެއް ހިމެނޭތީ، ޑީއެންއޭ އަކީ އެފަދަ ވަސީލަތެއް ކަމަށެވެ. އޭގެ އިތުރުން އިސްލާމީ ތާރީހުގެ ތެރޭގައި ހިނގައިދިޔަ ހާދިސާތައް ފާހަގަ ކުރި އެވެ.

ގިސޯސް ހިފުމަށް ހުރަސްއެޅޭ ގޮތަށް ގާނޫނުލްއުގޫބާތުގެ މާއްދާއެއް އޮތް ކަމަށް މާނަކުރެވޭތީ އެ މާއްދާ އުވިގެން ގޮސްފައިވާ ކަމަށް ވެސް އެ ހުކުމުން ކަނޑައެޅި އެވެ.

ގާނޫނުއުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ ނ. ގެ ދެވަނަ ނަންބަރުގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަށް ފުށުއަރާ ނަމަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވި ކަމަށް ނުބެލެވޭނެ އެވެ.

އެ މާއްދާ ބާތިލް ކަމަށް ތާއީދުކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެއް ތަނެއްގެ މަންޒަރު ފެނުނު ބަޔަކު ކަމަށް ވިޔަސް، ކޮންމެ މީހަކަށް ވެސް މަންޒަރު ފެންނާނީ އެކި އެންގަލްތަކުންނާއި އެކި ނިސްބަތަށް ކަމަށެވެ. އެކި މީހުންނަށް ފެނުމާއި ދެނެގަތުމުގެ ގާބިލުކަން ވެސް ލިބިފައިވަނީ އެކި ވަރަށް ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެހެންވެ ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވަނީ ހެކިބަހުގައި ކުޑަ ކަމެއް އުނިވެގެން މުޅި ހެކިބަސް ނަފީ ނުކުރެވޭ ކަމަށެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔު ތަފާތުވީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނާ ކަންކަން މަރުގެ އަދަބު ދިނުމުގައި ސާބިތު ކުރަން އޮތުމުން އެ ކަން ސާބިތު ކުރުމަށެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވިދާޅުވީ އެއީ ގޯސް މާއްދާއެއް ނަމަ އެ ފަރުވާ ހޯދަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އެހެން ފަނޑިޔާރުން އިއްތިފާގުވީ، އެ މާއްދާ ބާތިލު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox