ވެރިކަމަށް އައީ ދޮގު ވިއްކައިގެން، އެކަމަކު ރަނގަޅު ގޮތަކީ އެއްބާރުލުން ދިނުން: އުގައިލް

ޕްރޮފެސަރު ހަސަން އުގައިލް

ޕްރޮފެސަރު ހަސަން އުގައިލް

ޕީއެންސީ/ޕީޕީއެމް ސަރުކާރު ވެރިކަމަށް އައީ ހަގީގަތާއި ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ކަމަށާއި ނަމަވެސް މި ދަނޑިވަޅު އެންމެ ރަނގަޅު ގޮތަކީ ގައުމުގެ ހައްގުގައި ސަރުކާރަށް އެއްބާރުލުން ދިނުން ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.

އުގައިލް މިހެން ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ނުރައްކަލަކަށް ވެގެން ނޫޅޭ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ.

"މިފަދަ ސުރުހީ ތަކުން މިހާރު މިފެންނަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ ދިވެހިންގެ ހިތްތަކުގައި ޖެހި ޖަޒުބާތީ ވިންދުގެ ނަތީޖާ. ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ހޮވުނު ސަރުކާރެއް ކަމުގައި ވިއަސް އެކަންތައް އެއްފަރާތް ކޮށްފައި ސަރުކާރަށް އެއްބާރުލުން ދީގެން ގައުމުގެ ޙައްގުގައި ކުރިއަށް ދިއުން އެއީ މިވަގުތު ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް،" ޝަހީބު ވިދާޅުވި ވާހަކައާ ގުޅޭ ގޮތުން އަދަދު ނޫހުގައި ޝާއިޢުކުރި ހަބަރާއެކު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި އުގައިލް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އުގައިލް ބައެއް ފަހަރު ރާއްޖޭގެ ސިޔާސީ ކަންކަމާއި، އަދި އެހެނިހެން މައްސަލަތަކާ ގުޅޭ ގޮތުން ހިޔާލުފާޅު ކުރައްވާފައިވެ އެވެ.

ސަރުކާރަށް ދޮޅުމަސް ވެގެން ދާއިރު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު އިތުރުވެ ނުވަތަ މަދުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި މިވަގުތު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ނުދެކޭ ކަމަށް ޝަހީބު ވިދާޅުވި އެވެ.

އިންޑިއާ ސިފައިންގެ އަދަދު ސަރުކާރަށް ޔަގީން ކުރެވިފައި ނުވާ ކަމަށް ބުނާތީވެ، އެ ސުވާލުތައް އަބަދުވެސް ނޫސްވެރިން އަމާޒުކުރެ އެވެ. އަދި އާންމުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަ އެވެ.

މިހާރު ރާއްޖޭގައި ތިބީ 89 އިންޑިއާ ސިފައިން ކަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް އަދިވެސް އެ އަދަދަށް އުނިއިތުރު އައުން އެކަށީގެންވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox