ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ޔެލޯ އެލާޓު ނެރެފި އެވެ.
ލެޔޯ އެލާޓު ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެ އެލާޓުގެ ވަގުތަކީ ހެނދުނު 7:30 އިން ފެށިގެން މެންދުރު 12:00 އެވެ.
އެ ވަގުތުގެ ތެރޭގައި އެ އަތޮޅުތަކަށް ބޯކޮށް ވާރެ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ބާރުވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ދެކުނު އަތޮޅުތަކުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހެމުންދެ އެވެ. އަދި މާލެއަށް ވެސް ހެނދުނުން ފެށިގެން އޮތީ އުޑުމަތި ބަނަކޮށެވެ. ބައެއް ފަހަރު ކެރިވެސް ޖަހަ އެވެ.













