ހުލާސާކޮށް އިއްޔެ: ވަޒީރުންނަށް ރުހުން ނުދިނަސް ސަރުކާރަށް މައްސަލައެއް ނެތް!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް. -- ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުން މަޖިލީހުގައި މެޖޯރިޓީ އޮތް ޕާޓީ، އެމްޑީޕީން ދަނީ ލަސްކުރަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލުކުރުން ފަސޭހަކޮށް މަޖިލީހުގެ ގަވާއިދު ވެސް ބަދަލުކޮށްފައި ވާއިރު، ރައީސް މުއިއްޒު އަދި ޕީއެންސީ އާއި ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަ ނުދިނުމަށް ނުވަތަ ފާސް ވިޔަ ނުދިނުމަށް އެމްޑީޕީގެ މެމްބަރުން ޕީއެންސީއަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީ އަށް ނިސްބަތްވާ 13 މެމްބަރަކު ރޭ ވަނީ ޕީއެންސީއަށް ބަދަލުވެ ވަޑައިގެންފަ އެވެ.

އެ މެމްބަރުން ޕީއެންސީއަށް ގުޅުމާއި، ރިޔާސީ އިންތިހާބަށް ފަހު ޕީއެންސީ "ފެށުން" ނަމުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުން ފަސްކުރުމާއެކު އެމްޑީޕީއިން ދައްކުވައި ދިނީ އެ ޕާޓީއަށް ޑިމޮކްރަސީ ނޭނގޭކަން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔަކު ރައްޔިތުން އިންތިހާބު ކުރީމާ އެ ރައީސުލްޖުމްހުރިއްޔާ އެމަނިކުފާނު ކެބިނެޓު އެކުލަވާލާ ރުހުން ހޯދަން މަޖިލީހަށް ފޮނުވީމާ ރުހުން ނުދޭ ބަޔަކު ދެން ތިމަންނަމެންމީ ޑިމޮކްރަސީ ދަންނަ ބައެކޭ ކިޔައިގެން ވަކާލާތު ކުރައްވާނެ ކަމެއް ނެތް،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދެ ދައުރުގައި ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ ކުރީގެ ރައީސުންގެ ކެބިނެޓުތަކަށް ވެސް މަޖިލީހުން ލަސްކުރުމެއް ނެތި ރުހުން ދީފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ރުހުން ދެންޏާ ދޭންވީ ނުދެންޏާ ނުދީ ތިއްބަވަންވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރުހުން ނުދީ ލަސްކޮށްފިއްޔާ އެއްގޮތަކުން ރަނގަޅު ކަމަށާއި އޭރުން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވެއްދޭނެ ކަމަށާއި މަޖިލީހުން ރުހުން ނުދިނަސް ގާނޫނު އަސާސީން ރައީސްއަށް މަތިކޮށްފައިވާ ވާޖިބު އަދާކުރަން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވޭނެ ކަމަށެވެ.

ސަރުކާރަށް ދޮޅުމަހެއްހާ ދުވަސް ވެފައިވާއިރު، މި އަހަރުގެ މަޖިލީހުގެ ފަހު ދައުރު މިއަދު ނިންމާލާފައިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ގޮތެއް ނުނިންމަ އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް ތަޅުމަށް ފޮނުވި ނަމަވެސް އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ ވުޒާރާތަކުގެ މެންޑޭޓުތައް މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.

ސަރުކާރުން މެންޑޭޓުތައް ފޮނުވުމާއެކު މިއަދުގެ ޖަލްސާގައި ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފަ އެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދާ ހަމައަށް ވެރިކަންކުރާ ކޯލިޝަނުގައި ތިއްބެވީ ހަތަރު މެންބަރުންނެވެ. ނަމަވެސް ރޭގެ ޖަލްސާގައި އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރުމާއެކު އެ އަދަދު ވަނީ 17 އަށް އަރައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox