މޫސުން ގޯސްވެ ފުވައްމުލައް، އައްޑޫއަށް އޮރެންޖު އެލާޓް

މާލެ ދަތުރުކުރާ ބޯޓެއް ކަނޑު ގަދަ ދުވަހެއްގައި: ކުރިއަށް އޮތް ތިން ދުވަހު ވައި ގަދަވާނެތީ ކަނޑުމަގުން އަދި ބުރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާލެ ދަތުރުކުރާ ބޯޓެއް ކަނޑު ގަދަ ދުވަހެއްގައި: ކުރިއަށް އޮތް ތިން ދުވަހު ވައި ގަދަވާނެތީ ކަނޑުމަގުން އަދި ބުރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މޫސުން ގޯސްވެ، ފުވައްމުލަކާއި އައްޑޫއަށް މީޓިއޮރޮލިޖިކަލް ސާވިސް އިން އޮރެންޖު އެލާޓެއް މިއަދު ނެރެފި އެވެ.

އޮރެންޖު އެލާޓު ނެރުނީ މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން 3:20 އާ ހަމައަށެވެ. އޮރެންޖު އެލާޓަކީ އެލާޓް ލެވެލް ތިނެއްގެ އިންޒާރެކެވެ. އޮރެންޖު އެލާޓާއެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެދާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.

ފުވައްމުލައް، އައްޑޫއަށް އޮރެންޖް އެލާޓު ނެރެފައިވާތީ ސަމާލުވުމަށް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފެން ބޮޑުވެދާނެތީ މުދަލަށް ރައްކާތެރިވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އޭގެ އިތުރުން، އިރުވައި މޫސުމާއެކު ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އެގޮތުން ހާއްސަކޮށް ސިނަމާލެ ބުރިޖު އަދި ހައިވޭއިން ދަތުރުކުރާ ފަރާތްތަކާއި ކަނޑުދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެ އިދާރާއިން އެދިފައިވެ އެވެ.

ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އުތުރު އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށް ވެސް މެޓް އޮފީހުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ.

"ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ،" އެ އިދާރާއިން ބުނެފައިވެ އެވެ.

ރާއްޖެއަށް އިރުވައި މޫސުން ފެށުނީ މި މަހުގެ 24 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox