ފައިލޭރިއާއިން ރައްކާތެރިވުމަށް ހުޅުމާލެ ފޮގު ކުރުމުގެ މަސައްކަތް އާބަންކޯއިން ފަށައިފި

އާބަންކޯއިން ހުޅުމާލޭގެ ސަރަހައްދުތައް ފޮގު ކުރަނީ: ހެނދުނާއި ހަވީރު ފޮގު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވޭ -- ފޮޓޯ:އާބަންކޯ

އާބަންކޯއިން ހުޅުމާލޭގެ ސަރަހައްދުތައް ފޮގު ކުރަނީ: ހެނދުނާއި ހަވީރު ފޮގު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވޭ -- ފޮޓޯ:އާބަންކޯ

ފައިލޭރިއާއިން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލެ ފޮގު ކުރުމުގެ މަސައްކަތް އާބަންކޯއިން ފަށައިފި އެވެ.

އާބަންކޯއިން މިއަދު ބުނީ އެ މަސައްކަތް ކުރިއަށް ގެންދަނީ ފައިލޭރިއާއިން ރައްކާތެރިވުމަށް ސަރުކާރުން ފަށާފައިވާ، "ފައިލޭރިއާއިން ރައްކާ" ކެމްޕެއިންގެ ދަށުން ކަމަށެވެ.

ޖުމުލަ 20 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތް ކޮންމެ ދުވަހެއްގެ ފަތިހު 5:00 6:00 އަށް އަދި އިރުއޮއްސި 6:00 އިން 7:00 އަށް ކުރިއަށް ގެންދާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.

ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ހުޅުމާލެއަކީ މަދިރި އާލާވާ ފަދަ ހުސްބިންތައް ގިނަ އަވަށެކެވެ. އަދި މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން މަދިރީގެ އުނދަގޫ އެ އަވަށުގައި އާދަޔާ ހިލާފަށް ގިނަވެފައި ވާކަމަށް އާބަންކޯއިން ބުންޏެވެ.

މީގެ ކުރިން ވެސް ވިއްސާރަ މޫސުމާ ދިމާކޮށް މަދިރި ގިނަވުމުން އާބަންކޯއިން ފޮގު ކުރުމުގެ މަސައްކަތާއި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްްކަތް ކުރިއަށް ގެންދެ އެވެ. އެ ކޯޕަރޭޝަނުން ވަނީ ފޮގު ކުރާ ވަގުތުތަކުގައި މަގުމަތީ ދުއްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ފޮގު ކުރުމުގެ އިތުރުން ވެސް ފައިލޭރިއާ ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއާ ގުޅިގެން އާބަންކޯއިން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް އެ ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކޯޕަރޭޝަނުން ވަނީ މަދިރި އާލާވާ ސަރަހައްދުތަކަށް އާންމުން ނުދިޔުމަށް އިލްތިމާސްކޮށްފަ އެވެ.

ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެކެވެ.

ނަމަވެސް ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމެެއްގެ ތެރެއިން ވަނީ އެބަލި ޖެހިފައި ތިބި މީހުންތަކެއް ދެނެގަނެވިފަ އެވެ. އެއަށް ފަހު ހުޅުމާލެ އާއި މާލެއިން ވެސް ވަނީ ފައިލޭރިއާ ޖެހިފައި ތިބި ބަޔަކު ދެނެގަނެވިފަ އެވެ.

އެ އެންމެންނަށް ވަނީ ފައިލޭރިއާ ބޭސް ދީފަ އެވެ. މިއީ ބަލި ޖެހިފައިވާ މީހާގެ ގައިން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވައިދޭ ބޭހެކެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޕޮޒިޓިވްވީ މީހުންނަކީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުން އައިސްފައިވާ މީހުން ކަމަށެވެ. މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މަސައްކަތްތެރިިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox