ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމަށް ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަން ކުރައްވައިފި އެވެ.
މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް، އާދަމް ޝަރީފް އުމަރު ވަނީ "އަދަދު"އަށް މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ޒުލްފާ ގުޅިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން، މިދިޔަ މަހުގެ ތެރޭގަ އެވެ.
ޒުލްފާ ކުރިން ހުންނެވީ އެމްޑީޕީގަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ޒުލްފާ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ.
ޒުލްފާ އަކީ ގާނޫނީ ދާއިރާއިންނާއި، އާބަން ޕްލޭނިން އަދި ބިޒްނަސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެލްޖީއޭއަށް ސީއީއޯއަކު އައްޔަންކޮށްފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ.













