ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓު 1200 ޑޮލަރަށް މަތިކުރަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސްގެ ކާޑެއް. މިހާރު ދަރިވަރުންނަށް މަހެއްގެ މައްޗަށް ނެގެނީ 750 ޑޮލަރު --- ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސްގެ ކާޑެއް. މިހާރު ދަރިވަރުންނަށް މަހެއްގެ މައްޗަށް ނެގެނީ 750 ޑޮލަރު --- ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ކޮންމެ މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ އަދަދު މަތި ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމާފައި ވަނީ ފެބްރުއަރީ 1, އިން ފެށިގެން އެ އަދަދު 1,200 ޑޮލަރަށް މަތި ކުރުމަށެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުالله ނާޒިމް އެވެ.

"މިކަމާ ގުޅޭގޮތުން ނިންމަވަން ޖެހޭ އިދާރީ ޓެކްނިކަލް މަސައްކަތްތަކެއް, ހާއްސަކޮށް ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އެމްއެމްއޭއާ ގުޅިގެން ކުރިއަށްގެންދިޔުމަށް ކެބިނެޓުން ވަނީ ނިންމަވާފައި," އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.

މިހާރު އުސޫލުތައް އޮންނަ ގޮތުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ނެގެނީ 750 އެމެރިކާ ޑޮލަރެވެ.

މިކަމުގެ ސަބަބުން ބޭރުގައި ތިބި ދަރިވަރުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން މިއަދު ހާމަކުރި އެވެ.

ފުރަތަމަ މަރުހަލާގައި އޮތީ ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓު މަތިކުރުން ކަމަށާއި އަމިއްލަ ގޮތުން ގޮސް ތިބި ކުދިންނާއި ސަރުކާރުގެ ހަރަދުގައި ގޮސް ތިބި ކުދިންނަށް ވެސް އެ ފަސޭހަ ލިބިގެންދާނެ ކަމަށް ނާޒިމް ހާމަކުރެއްވި އެވެ.

ރާއްޖޭގެ ބޭންކުތަކުން ރީޓެއިލް ކަސްޓަމަރުންނަށް ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު ބޮޑުކުރަމުން ގޮސް އެއްކޮށް ނައްތާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެ ބަދަލު ގެނައުމަށް މާލީ ނިޒާމާ ގުޅޭ ގާނޫނުތައް އިސްލާހު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ފުރަތަމަ ތިން މަސްތެރޭ މިހާރުގެ ލިމިޓު ދެގުނަ ބޮޑުކުރާނަން. އެހެން ދަމުން ދަމުން ގޮސް ލިމިޓު އުވާލާނަން" ކެމްޕޭން ތެރޭގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެހެންކަމުން, ފެބްރުއަރީ 17, 2024 ގެ ކުރިން ރީޓެއިލް ކަސްޓަމަރުންގެ ލިމިޓު ދެ ގުނަ ބޮޑުކުރުމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގަންނަވާފަ އެވެ. ދަރިވަރުންނަށް މިފަދަ ލުޔެއް ލިބޭނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު އާންމުންނަށް އޮތް ލިމިޓު އުވާލުމަށް އޮތް ޓައިމްލައިނެއް ސަރުކާރުން ހާމަނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox