މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދޭން ޖެހޭ ސަބަބެއް ނުފެނޭ: ފައްޔާޒު

 ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފު : މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދޭން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް އެމްޑީޕީއިން ބުނެފި - ފޮޓޯ: ރައީސް އޮފީސް

ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފު : މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދޭން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް އެމްޑީޕީއިން ބުނެފި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު މިރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ބައެއް މީޑިއާތައް ބްލޮކް ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް އޭނާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން މިނިސްޓަރަށް ރުހުން ދޭން ނުޖެހޭ ކަމަށް ދެކޭ ތިން ސަަބަބެއް ފައްޔާޒު ލިޔުއްވާފައިވެ އެވެ.

"ޑިފެންސްގަ ހުއްނެވިއިރު މަޖްލީހުގެ ތާރީހުގަ އަލަށްސިފައިން ވައްދާ މެމްބަރުންނަށް އަނިޔާކުރެއްވި. މިހާރު ކޭމް މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފެއްޓެވީ. ލާމަރުކަޒީ ނިޒާމު ވެސް ފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

ސަރުކާރުން ހަބަރު ސައިޓުތައް ބްލޮކު ކުރަން ފެށީ ރޭގަ އެވެ. އެގޮތުން ރަޖިސްޓްރީނުކޮށް ހިންގަމުން އައި ދެ ނޫހަކާއި ރަޖިސްޓްރީކޮށްފައިވާ ނޫހެއް މިހާތަނަށް ސަރުކާރުން ވަނީ ބްލޮކު ކޮށްފަ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.

މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ސަރުކާރުން ފެށީ މި މަހުގެ 18 ގަ އެވެ. ލަންކާގެ ސީއެމްސީސީއަށް 70 ހެކްޓަރުގެ ބިން 99 އަހަރަށް ދީގެން ހިއްކާ މި ސަހަރުގައި 65،000 ހައުސިން ޔުނިޓު އެޅަމަށް ވަނީ ނިންމާފަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ މާލެ ސަރަހަށްދަށް މުޅި ރާއްޖޭގެ އާބާދީ މަރުކަޒު ކުރުމަށް ހިންގާ މަޝްރޫއެކެވެ.

ފައްޔާޒު ދެން އެ ފާހަގަކުރައްވާ ހާދިސާ ހިނގާފައިވަނީ ޕީޕީއެމްގެ ވެރިކަމުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރެއްވި އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަނިކޮށް ސިފައިން ވަދެ އިދިކޮޅުގެ 13 މެންބަރަކު މަޖިލީހުން ނެރުނެވެ. އެކަމާ ގުޅިގެން އޭރުގެ ސަރުކާރަށް ބައިނަލްއަގުވާމީ މަޝްރަހުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ރައީސް މުއިއްޒުގެ 22 މެންބަރުންގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ އަދިވެސް އޮތީ މަޖިލީހުގަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެ މައްސަލަ ތަޅުމަށް ހުށަހެޅުނު ނަމަވެސް މިނިސްޓްރީތަކުގެ މެންޑޭޓު މަޖިލީހަށް ހުށަހަޅާފައި ނުވާތީ އަލުން އެ މައްސަލަ ވަނީ ކޮމިޓީއަށް ފޮނުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox