ސިޓީ ކައުންސިލަށް ބޭނުންވާ އިނގިރޭސި ސިޓީތައް ލިޔަން މުންދުގެ ކުންފުންޏަށް 561,000 ރުފިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި  އެމްބެސެޑާ އެޓް ލާޖު، މުހައްމަދު ހުސައިން ޝަރީފް (މުންދު) : ސިޓީ ކައުންސިލަށް ބޭނުންވާ އިނގިރޭސި ސިޓީތައް ލިޔަން މުންދުގެ ކުންފުންޏަށް 561,000 ރުފިޔާ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމްބެސެޑާ އެޓް ލާޖު، މުހައްމަދު ހުސައިން ޝަރީފް (މުންދު) : ސިޓީ ކައުންސިލަށް ބޭނުންވާ އިނގިރޭސި ސިޓީތައް ލިޔަން މުންދުގެ ކުންފުންޏަށް 561,000 ރުފިޔާ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލުން ލިޔަން ޖެހޭ އިނގިރޭސި ސިޓީތައް ލިޔުމަށް މި ސަރުކާރުގެ އެމްބެސެޑާ އެޓް ލާޖު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏަށް 561،000 ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" އިން ހުށަހެޅި ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެ އިދާރާގެ ކޮންސަލްޓެންޓުގެ ތަފުސީލުތައް ހާމަކޮށްފަ އެވެ.

މައުލޫމާތު ފެތުރުމަށާއި, ސިޓީ ކައުންސިލް ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަން ޖެހޭ ލިޔުންތައް ލިޔުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ ކިންގްސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.

އެ ކުންފުނީގެ ވެބްސައިޓުން އެނގުނު ގޮތުގައި އެއީ ރައީސް މުއިއްޒުގެ ސަރުކާރުގައި މިނިސްޓަރެއްގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏެކެވެ.

"އަދަދު" ނޫހުން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ބެލިބެލުމުން އެނގުނު ގޮތުގައި މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ މުންދު އާއި އިބްރާހިމް މުހައްމަދު އެވެ.

titledesc

އެ މަސައްކަތަށް ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފައިވަނީ ނޮވެމްބަރު 10، 2021 ގަ އެވެ. މުންދުގެ ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ އޮކްޓޯބަރު 17، 2021 ގަ އެވެ.

މުންދުގެ އިތުރުން މި ސަރުކާރުގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމަނަތު ހުސައިން ޝަރީފަކީ ވެސް އެ ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ދިން މައުލޫމާތުތަކަށް ބަލާއިރު މަހެއްގެ މައްޗަށް 10,078,500.00ރ. (ދިހަ މިލިއަން ހަތް ލައްކަ އައްޑިހަ ހަ ހާސް ރުފިޔާ) އެ ފަރާތްތަކަށް ސިޓީ ކައުންސިލުން ހޭދަކޮށްފައިވާނެ އެވެ. އޭގެ ތެރެއިން ބައެއް ކޮންޓްރެކްޓްތައް މިހާރު ނިމިފައިވާއިރު ބައެއް ކޮންސަލްޓަންޓުންގެ މަގާމުގައި ތިބި މީހުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކަށް ހަމަޖައްސާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox