މޮރިޝަސް ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ ސަރުކާރުން މިއަދު އާންމު ކުރަނީ

Dec 19, 2023, 12:14 PM
ކުރީގެ ރައީސް ސޯލިހު: މޮރިޝަސް ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވަނީ ލީކުވެފަ -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ސޯލިހު: މޮރިޝަސް ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވަނީ ލީކުވެފަ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ސަރުކާރުން އާންމު ކުރަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި މިއަދު 5:30 ގައި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރާނެ އެވެ. އެފަދަ އިޝާރާތެއް ރައީސް އޮފީހުން ވެސް ވަނީ ދީފަ އެވެ. އެ އޮފީހުން ބުނީ "ކަޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ގެންދާ މަސައްކަތާ ގުޅޭ ބަޔާނެއް" މިއަދު ހާމަ ކުރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްވާ ބަޔާނެއް މިއަދު 5:30 ގައި މި އޮފީހުން ހާމަކުރުމަށްވަނީ ހަމަޖެހިފައި. މި ބަޔާނުގެ ލައިވް ކަވަރޭޖް ޕީއެސްއެމް މެދުވެރިކޮށް ދުރަށް ފޮނުވާނެ. އަދި މި ބަޔާނުގެ ސޮފްޓް ކޮޕީ މީޑިއާ ގްރޫޕްގައި ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ބައިނަލްއަގްވާމީ ކޯޓަކުން ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައަޅަން ޖެހުނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. ރާއްޖެއިން ކުރިން ވަކާލާތު ކުރަމުންދިޔައީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށެވެ. އެކަމަކު ފަހުން ރާއްޖެއިން ދެކޭ ގޮތް ވަނީ ބަދަލުކޮށްފަ އެވެ.

އޯގަސްޓު 22، 2022 ގައި ކުރީގެ ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތަށް ފޮނުއްވި ސިޓީގައި، ރާއްޖޭގެ މަސްލަހަތާ ގުޅޭ ސިއްރު ބައެއް ކަންކަން ހުރި ކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ބުންޏެވެ. އަދި އިދިކޮޅުން ގޮވާލަމުންދިޔައީ ސިޓީ އާންމު ކުރުމަށެވެ.

ނަމަވެސް ސަރުކާރުން ބުނީ އެ ސިޓީގައި ގައުމީ ސަލާމަތާ ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެއް ވެރިއަކު އަނެއް ވެރިއަކަށް ފޮނުވާ އެފަދަ ސިޓީތަކުގެ ސިއްރު ހިފަހައްޓަންޖެހޭނީ އެ ސިޓީ އާންމު ކުރެވެން ނެތް ކަމަށް ސަރުކާރުން އެއިރު ބުނެފައިވެ އެވެ. އެކަމަކު، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގަައި އެ ސިޓީ ވަނީ ލީކުވެފަ އެވެ.

ލީކުވި ސިޓީގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނިންމުމުން، އދ. ގެ އާންމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖެ މަގުން ޗާގޯސްއަށް ދަތުރު ކުރައްވަން ބޭނުންވެވަޑައިގެންފި ނަމަ މޮރިޝަސްގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox