ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މާސްޓަ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖެނުއަރީ 18 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު މާސްޓަ ކާޑުން މަދުވެގެން 500ރ. ގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ހަފްތާއަކު ބާއްވާ މި ލަކީޑްރޯއިން ހޮވޭ އެއް ފަރާތަކަށް އިނާމެއް ގޮތުގައި އައިފޯން 15 ޕްރޯ އެއް ލިބޭނެ އެވެ.
ބޭންކުން ބުނީ މި ޕްރޮމޯޝަނުގައި މާސްޓަ ކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ބޭންކުން ކުރިއަށް އެބަ ގެންދެ އެވެ.
މި އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވާ ދެ ފަރާތަކަށް 25،000ރ. އަގުހުރި ގިފްޓް ބަންޑަލް އެއް ލިބޭނެ އެވެ.














