ގޯތިތައް ހަވާލުކުރުން އަވަސްކުރަން ގާނޫނަށް ބަދަލުގެންނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ގޯތިތައް ހަވާލުކުރުން އަވަސްކުރުމަށް ޓަކައި އޭނާ ވަނީ މަޖިލީހަށް ބިލެއް ހަވާލުކޮށްފައި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ގޯތިތައް ހަވާލުކުރުން އަވަސްކުރުމަށް ޓަކައި އޭނާ ވަނީ މަޖިލީހަށް ބިލެއް ހަވާލުކޮށްފައި. ފޮޓޯ: މަޖިލީހުގެ އިދާރާ

މާލޭ ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެ ކަަމަށް ކަނޑައެޅި މީހުންނާ ގޯތި ހަވާލުކުރުން އަވަސްކުރުުމަށް ބިމާ ބެހޭ ގާނޫނަށް މާއްދާއެއް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލުގައި އޮތީ ބިމާ ބެހޭ ގާނޫނުގެ 12 މާއްދާއަށް އިތުރުކުރާ ނަމްބަރުތަކެކެވެ.

ބިމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގައި އޮތީ ބަންޑާރަގޯއްޗަށް އެދެވޭނެ އުސޫލުތަކެވެ. އެ މާއްދާގެ ފަހަތަށް އިތުރުކުރަން މީކާއީލްގެ ބިލުގައި ހިމަނުއްވާފައިވާ އެއް ވަނަ ނަންބަރުގެ ހ. ގައި އޮތީ "ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގެޒެޓްކުރާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެފަރާތްތަކާ ގޯތި ހަވާލުކުރަން ޖެހޭނެ" ކަމަށެވެ.

އެ ނަންބަރުގެ ށ. ގައި ވާ ގޮތުން އެ ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފަށާ އިރު ގޯތި ލިބޭނެ ކަމަށް ގެޒެޓްކުރުމަށް ފަހު ގޯތި ހަވާލުނުކޮށް ތިބޭ މީހުންނަށް، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަންޖެހޭނެ އެވެ.

ބިލު ހުށަހެޅުއްވި މަގުސަދެއް ކަމަށް، ބިލުގައި މީކާއީލް ވިދާޅުވެފައި އޮތީ (ކުރީގެ) ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެ ކަމަށް ލިސްޓްކޮށްފައިވާ މީހުންނާ ގޯތިތައް ހަވާލުނުކޮށްގެން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް ގާނޫނީ ހައްލެއް ހޯދައި ދިނުމެވެ. އެފަދަ ކަމެއް، ( ގޯތި ހަވާލުކުރުން ލަސްކުރުން ފަދަ ކަމެއް) ތަކުރާރު ވިޔަ ނުދިނުމަކީ ވެސް ބިލުގައިވާ ގޮތުން، ބިލުގެ މަގުސަދެކެވެ.

ކުރީގެ ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހުކޮޅު ފެށި "ބިންވެރިޔާ ސްކީމް"ގެ މަސައްކަތް މަޑުޖެހުނީ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ނާކާމިޔާބުވެ، ސަރުކާރު ބަދަލުވި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox