ފަސޭހަވާ އެއްވެސް ކަމަކާ ދެކޮޅެއް ނުހަދާނަން، ދެކޮޅުވާނީ އިސްރާފާ: އާޒިމް

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އާދަމް އާޒިމް "އަދަދު"ގެ އެތެރެފުށް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މާލޭގެ ގިނަ މައްސަަލަތަކަށް ތިން މަސްދުވަހުން ހައްލެއް ހޯއްދަވާނެ ކަމަށް. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އާދަމް އާޒިމް "އަދަދު"ގެ އެތެރެފުށް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މާލޭގެ ގިނަ މައްސަަލަތަކަށް ތިން މަސްދުވަހުން ހައްލެއް ހޯއްދަވާނެ ކަމަށް. ފޮޓޯ:މިރާޝް ނާޝިމް/އަދަދު

އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވަޑައިގެންނެވުނަސް، ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ސަރުކާރުން ކުރާ އެއްވެސް ކަމަކާ ދެކޮޅު ނުހައްދަވާނެ ކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުގެ ހުސައިން ފިޔާޒު މޫސާ ހޯސްޓުކުރާ "އެތެރެފުށް" ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެންމެނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މޭޔަރުގެ ޒިންމާއެއް ކަމަށާއި އެއީ ގާނޫނު ލާޒިމުކުރާ ކަމެއް ކަމަށެވެ. އެކަމަށް ޓަކައި ކަށަވަރުކުރަން ޖެހޭ ކަންތައްތަކެއްގެ ލިސްޓެއް އޭނާ ގެންގުޅުއްވަ އެވެ.

Advertisement

"[މޭޔަރަކަށް ވެއްޖެ ނަމަ] އަޅުގަނޑު އެންޝުއާކުރަން ޖެހޭނެ އެމީހުންނަށް ރަނގަޅު ބޯހިޔާވަހިކަމެއް ލިބޭތޯ، އެމީހުންނަށް މަގުތަކަކީ އަމާންތަނަކަށް ހަދައިދެވޭތޯ، އެމީހުން އުޅޭ މާހައުލަކީ ހިތްފަސޭހަ މާހައުލަކަށް ހަދައިދެވޭތޯ،" ކުރިން ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގަވާފައިވާ އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މީހުންނަށް ރަނގަޅު ސިއްހީ ނިޒާމެއް ކަށަވަރުކުރުމާއި ލަފާފުރުމުގެ އިންތިޒާމު ރަނގަޅުކަން ކަށަވަރުކުރުމަކީ ވެސް މޭޔަރުގެ ޒިންމާ އެކެވެ. އެކަންތައްތައް ކަަށަވަރުކުރުމަށް ޓަކައި ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް އޭނާ ކުރައްވާނެ އެވެ.

"ރައްޔިތުންނަށް ފަސޭހަވާ އެއްވެސް ކަމެއް [ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭގައި] އޮވެއްޖެއްޔާ އަޅުގަނޑު އެކަމަކާ ދެކޮޅެއް ނުހަދާނަން. އެކަމަކު އަޅުގަނޑެއް ބައިވެރިއެއް ނުވާނަން ފައިސާ އިސްރާފުކުރާ އެއްވެސް ކަމެއްގައެއް،" އާޒިމް ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅުގެ މަޝްރޫއަކީ އިސްރާފެއް، ހުއްޓުވަންޖެހޭ!

ރައްޔިތުންގެ ފައިސާ އިސްރާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވުމާ އެކު އާޒިމް ސިފަކުރެއްވި ގޮތުގައި، މާލެ އަތޮޅު ފުށިދިއްގަރު ފަޅު ހިއްކައި އެތަނުގައި މީހުން އާބާދުކުރައްވަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގަން އުޅޭ މަޝްރޫއަކީ "ފައިސާ އިސްރާފުކުރުމުގެ" މަޝްރޫއެކެވެ. އެއީ ހުއްޓުވަން ޖެހޭ މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެެއީ، އެބޭފުޅުން ބުނާ ގޮތުގައި ވެއްޖެއްޔާ މި ގައުމު މިއޮތީ ދަރައި ވިކިފައި. އެހެންވެެއްޖެއްޔާ ހުރި ފައިސާއަކުން އަޅުގަނޑުމެން އެބަ ޖެހޭ ވީހާ ވެސް އަވަހަކަށް އެންމެ އުނދަގޫ ކަންތައްތައް ހައްލުކުރުމަށް ޓަކައި އަވަސް ހައްލުތަކެއް ހޯދައިދޭން،" އާޒިމް ވިދާޅުވި އެވެ.

އަވަސް ހައްލު ހޯދައިދެވޭނީ އާޒިމް ވިދާޅުވި ގޮތުގައި މާލޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އަވަސްކޮށްގެންނެވެ.

އެ މަޝްރޫއުތަކަކީ ގިރާވަރާއި ގުޅިފަޅާއި ހުޅުމާލޭގެ މަޝްރޫއު އެވެ. އެތަންތަނުން 9000 އަށް ވުރެ ގިނަ ގޯތި މިހާރު ވަނީ ދޫކޮށްފަ އެވެ. އާޒިމް ފާހަގަ ކުރެއްވި ގޮތުގައި މިވަގުތަށް މުހިއްމީ ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމުގެ ބަދަލުގައި ދޫކޮށްފައިވާ ގޯތިތައް ތަރައްގީކޮށް މީހުން އާބާދުކުރުމެވެ.

ރައީސް މުއިއްޒުގެ ހުވަފެނީ ޕްރޮޖެކްޓަށް ފުށިދިއްގަރުފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން މަދުވެގެން 500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ ސަހަރުގެ ތަރައްގީ އަށް އެވަރު ހަރަދުކުރާއިރު، އެއީ ފެރީގައި ދެ ގަޑިއިރުން ދެވޭހާ ދުރުގައި އޮތް ތަނަކަށް ވުމާއެކު އާބާދުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox