އާސަންދަ ދެކޮޅުޖައްސަން އާންމުންގެ އަތުން ފައިސާ ނެގުމުގެ ވިސްނުމެއް ނެތް: ސަރުކާރު

އާސަންދަ ދެކޮޅުޖައްސަން އާންމުންގެ އަތުން ފައިސާ ނެގުމުގެ ވިސްނުމެއް ނެތް: ސަރުކާރު

އާސަންދަ ސްކީމުގެ ހަރަދުތައް ބޮޑުވެ ދެކޮޅު ނުޖެހޭ ހިސާބުގައި އޮތް ނަމަވެސް، އާންމުންގެ އަތުން ފައިސާ ނަގައިގެން ހިންގާ ކޯޕޭމަންޓް މޮޑެލްއަކަށް ދިއުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

އާސަންދަ ކޯޕޭމަންޓް މޮޑެލްއަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން ބުނީ، އެކަމަށް ތާއީދުކޮށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ އަންގާރަ ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ޒީނިޔާ ވިދާޅުވީ އާސަންދަ ދެމެހެއްޓޭނީ ކޯޕޭމަންޓް މޮޑެލްއަކަށް ގޮސްގެން ކަމަށެވެ.

މިކަމާ ގުޅިގެން، އާސަންދަ ސްކީމަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އާސަންދަ ނިޒާމު ހަރުދަނާކޮށްގެން އެ ސްކީމުގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި ކިތަންމެ ބޮޑު ހަރަދެއް ހިނގި ނަމަވެސް މިހާރު ނިޒާމު އޮތް ގޮތުން، އަދިވެސް ބޮޑު ކަމެއް ދިމާވާ ވަގުތު އެއްވެސް ރައްޔިތަކަށް ފުރިހަމަ އެހީ ނުލިބެ އެވެ. މިއީ، އޭނާ ވިދާޅުވި ގޮތުން ނަމަ، އާސަންދަ ނިޒާމާއި ސަރުކާރުގެ ރަސްމީ ސިއްހީ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ދިމާވާ މައްސަލަތަކެކެވެ.

"ވަރަށް ގިނަ ފަހަރު އިންސައްތައެއް އަމިއްލަ ހޮސްޕިޓަލުތަކަށް ދާން ޖެހޭ. އެ ހުރިހާ ފަހަރެއްގައި އަޅުގަނޑުމެންގެ ޖީބުން ބޮޑެތި ހަރަދުތަކެއް އެކަމަށް ކުރަން ޖެހޭ. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ މައިގަނޑު ވިސްނުން ހުރީ އެއް ކޮޅުން މިހާ ބޮޑު ހޭދައެއް ކުރެވެމުންދާ އިރު، އަނެއްކޮޅުން ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ނޫނޭ ކަންކަން ބައްޓަން ވެފައި އޮތީ. މިކަން ހައްލުކުރެވޭނީ ކިހިނެއްތޯ" ފިރުޒުލް ވިދާޅުވި އެވެ.

އާސަންދައަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ސަރުކާރުން ގެންގުޅޭ އެއް ވިސްނުމަކީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ފަރުވާގެ ކަންކަން އެ ނިޒާމުގެ ތެރެއިން ކުރެވޭނެ ގޮތް ފަހިކޮށްދިނުމެވެ. އަނެއް ކަމަކީ ދައުލަތުގެ ސިއްހީ ނިޒާމުގައި ވަސީލަތްތައް ގިނަކޮށް، ސަރުކާރު ހޮސްޕިޓާތަކުން ފަރުވާ ނުލިބުމާއި ފަރުވާ ނުލިބި ލަސްވާ މައްސަލަ ހައްލުކުރުމެވެ.

މިގޮތުން ކުރެވޭ އެއް ކަމެއްގެ މިސާލު ދެއްވަމުން ފިރުޒުލް ވިދާޅުވީ, ތެލެސީމިއާ ކުދިން ހަދަން ޖެހޭ ޑީއެންއޭ ޓެސްޓާއި ޓީޓޫ ސްޓާ ޓެސްޓު މިހާރު ރާއްޖޭގައި ހުރެގެން ހަދާ ނަމަ ދާން ޖެހެނީ ޕްރައިވެޓް ހޮސްޕިޓަލަކަށް ކަމަށެވެ. ނަމަވެސް، ތެލެސީމިއާ ކުދިންނަށް ދައުލަތުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ފަހިކޮށްދިނުމާ އެކުއެކީ، މި ދެ ހިދުމަތް ވެސް ސަރުކާރުގެ ނިޒާމުގެ ތެރޭގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތު [ޑީއެންއޭ ޓެސްޓާއި ޓީޓޫ ސްޓާ ޓެސްޓު] މި ދެ ހިދުމަތް ވެސް ލިބެން އޮތީ ޕްރައިވެޓް ސެކްޓާގެ ތެރެއިން. އެހެން ނަމަވެސް ހަމަ މި ނިންމުމުގެ ތެރޭގައި ހިމެނިގެން ބަޖެޓު ކުރެވިގެން ކައިރި ރާސްތާގައި ހާސިލުކުރެވޭނެ ކަމެއް އެއީ މި ދެ ހިދުމަތް ވެސް ސަރުކާރުގެ ނިޒާމުގެ ތެރޭގައި ގާއިމްކުރުން." ފިރުޒުލް ވިދާޅުވި އެވެ.

ކަވަރޭޖު އިތުރުކޮށް، އިސްރާފުތައް ކުޑަކޮށްގެން އާސަންދައިގެ ހަރަދުތައް ކުޑަކުރެވޭނެ ކަމަށް ފިރުޒުލް ވިދާޅުވި ނަމަވެސް، ކޮމިޓީގައި ޒީނިޔާ ދެއްކި ވާހަކައިން ފާހަގަވީ އާސަންދައިގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ ބޭހަށް ކަމަށެވެ. އަދި ވަށާޖެހޭ ގޮތަކަށް ބޭހުގެ މައްސަލަ ހައްލުކޮށް، ކޯޕޭމަންޓް މޮޑެލްއަކަށް ގޮސްގެން ނޫނީ އާސަންދަ ސްކީމް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ އެ ދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox