މާލޭ ސަރަހައްދަށް މިއަދު މެންދުރާ ހަމައަށް ބޯކޮށް ވާރޭ ވެހެމުންދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފައި ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކުރެ އެވެ.
ރޭ މެންދަމުން ފެށިގެން މެދުކެނޑުމެއް ނެތި މާލެއަށް ދަނީ ވާރޭ ވެހެމުންނެވެ. އަދި ދޭތެރެ ދޭތެރެއިން ގަދައަށް ގުގުރަމުން ވެސް ދެއެވެ.

ރާއްޖެ މަތީގައި އުފެދިފައިވާ ވިލާތަކުގެ ސެޓްލައިޓު ފޮޓޯއެއް. -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް
ރޭ މެންދަމު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ވެސް ނުރެފަ އެވެ. ނަމަވެސް ހެނދުނު 6:00 އަށް އެ އެލާޓުގެ ވަގުތު ވަނީ ހަމަވެފަ އެވެ.

މެދުކެނޑުމެއް ނެތި ވާރޭ މެހެމުން ދިޔަ ނަމަވެސް މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވާ މިންވަރަށް ފެން ބޮޑުވެފައެއް ނެތެވެ.












