ވަކިކުރި ޕޮލިސް އޮފިސަރުންނަށް ވަޒީފާ ދިނުން މަޑުޖައްސާލަން ނެރުނު އަމުރު މުރާޖާކުރާކަށް ނުޖެހޭ: ހައިކޯޓު

ކޯޓަށް މައްސަލަ ހުށަހެޅުއްވި ފަސް އޮފިސަރުން - އަދަދު ފައިލް

ކޯޓަށް މައްސަލަ ހުށަހެޅުއްވި ފަސް އޮފިސަރުން - އަދަދު ފައިލް

ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އޮފިސަރުންނާއި ވަކިކުރަން ނިންމާފައިވާ ސީނިއާ އޮފިސަރުންނަށް ވަޒީފާ ދިނުން މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު އަމުރު މުރާޖާކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ އޯގަސްޓު 9، ގައި ފުލުހުންގެ ބޯޑުން ވަކި ކުރަން ނިންމި ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި އަހްމަދު ޝުހާދާއި އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި މުހައްމަދު ދާއޫދު އަދި އިސްމާއިލް ޝަމީމެވެ.

އެ އޮފިސަރުން ވަކިކުރަން ނިންމި ނިންމުން ބާތިލްކުރުމަށް ސިވިލް ކޯޓުން މީގެ ކުރިން ނިންމި އެވެ. އެ މައްސަލަ ދައުލަތުން ވަނީ ސިވިލް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ހައިކޯޓުން މިއަދު ނިންމީ ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ހުރިހާ އޮފިސަރުން މިވަގުތު ތިބީ ވަޒީފާގައި ކަމަށްވުމާއެކު އަދިވެސް އޮތީ އަމުރު ނެރުނު އިރު އޮތް ހާލަތު ކަމުން، އަމުރު މުރާޖާ ކުރަން ޖެހޭ އެއްވެސް ސަބަބެެއް ނެތް ކަމަށެވެ.

ޕޮލިސް ބޯޑުން މި މައްސަލަ އިސްތިއުނާފްކުރުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވީ ނަމަވެސް، ދައުލަތުން މި މައްސަލާގައި ސްޓޭންޑު ބަދަލުކޮށްފައިނުވާ ކަމަށް ހައި ކޯޓުން ފާހަގަ ކުރި އެވެ.

ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމީ ކޮރަޕްޝަނާއި ލާއިންސާނީ އަނިޔާ ފަދަ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ އޮފިސަރުންގެ މައްސަލަތައް ބަލައި، ވަކި މުއްދަތެއްގެ ތެރޭގައި އެ މައްސަލަތަކާމެދު ގޮތެއް ނިންމަންޖެހޭނެ ކަމަށް އަލަށް ތައާރަފްކޮށްފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނުން ލާޒިމުކޮށްފައި އޮތުމުންނެވެ.

އޮފިސަރުންގެ މައްޗަށް ކުރެވޭ ތުހުމަތު

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރީ، ފުލުހުންގެ ލޯންޗުފަހަރު ރާއްޖޭން ބޭރުން މަރާމާތުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެވެ.

ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް މަގާމުން ވަކިކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާތީ އެވެ.

އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ މަގާމުން ވަކިކުރަން ނިންމީ ތަހުގީގުކުރަމުން ދިޔަ ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލި ކަމުގެ ތުހުމަތުގަ އެވެ. އެއީ ފުލުހުންގެ ތަހުގީގަށް އަތުލާފައި އޮތް ފޯނެއްގައި ހުރި ފޮޓޯތަކެއް ނައްތާލުމާ ގުޅިގެންނެވެ. މިކަން އޭނާ ކޮށްފައި ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހަމީދު މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންނެވެ.

މި މައްސަލައިގައި ފަރުހާދާމެދު ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭރު އަންގާފައި އޮތް ނަމަވެސް، ހަމައެކަނި ނިންމާފައި ވަނީ އޭނާ އަށް ނަސޭހަތް ދިނުމަށެވެ. ނަމަވެސް، އަލަށް އެކުލަވާލި ޕޮލިސް ބޯޑުން މި މައްސަލަ ނިއުޅައި އޭނާ ވަކިކުރަން ޖެހޭ ކަމަށް ނިންމިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު މަގާމުން ވަކިކުރަން ނިންމީ، ސިޔާސީ ފަރާތެއް ބުނެގެން ކުށްވެރިޔަކު ދޫކޮށްލި ކަމަށް ކުރެވޭ ތުހުމަތުގަ އެވެ. އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ވަކިކުރަނީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރަމުންދާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox