އެމްއެންޑީއެފުން އިއްޔެ ރިޓަޔާކުރެއްވި ހާމިދު ޝަފީގު ރައީސުލްޖުމްހޫރިއްޔާގެ އެޑުވައިޒަރަކަށް އައްޔަންކޮށްފި އެވެ.
ހާމިދު އައްޔަންކޮށްފައި ވަނީ ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށެވެ. މޭޖާ ޖެނެރަލްކަމުން ހާމިދު ރިޓަޔާކުރެއްވީ އިއްޔެ އެވެ.
ހާމިދު ޝަފީގަށް ދީފައި ވަނީ ނައިބު ވަޒީރު ފެންވަރުގެ މަގާމެކެވެ. މި ސަރުކާރުން ނައިބު ވަޒީރު ފެންވަރުގެ މަގާމު 75 ބޭފުޅަކަށް ދީފައިވެ އެވެ. ރައީސް އޮފީހުގައި ތިއްބަވަނީ ނައިބު ވަޒީރު ފެންވަރުގެ ހަ ބޭފުޅުންނެވެ.
ރިޓަޔާ ކުރެއްވި އިރު ހާމިދު ޝަފީގު ހުންނެވީ އެމްއެންޑީއެފްގެ ސާވިސް ކޯޕްސްގެ ކޮމާންޑަންޓުގެ މަގާމުގަ އެވެ.
ހާމިދު ޝަފީގަކީ 33 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.














