ޔާމީނު ޕީއެންއެފް އޮފީހަށް ވަޑައިގަތް މައްސަލަ ބަލަނީ

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޔާމީނު ބައިވެރިވަޑައިގަތް؛ ކަރެކްޝަނުން ބުނީ ޕީއެންއެފް އޮފީހަށް ޔާމީނު ވަޑައިގަތް މައްސަލަ ބަލާކަމަށް -- ފޮޓޯ: އިޔާން/އަދަދު

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޔާމީނު ބައިވެރިވަޑައިގަތް؛ ކަރެކްޝަނުން ބުނީ ޕީއެންއެފް އޮފީހަށް ޔާމީނު ވަޑައިގަތް މައްސަލަ ބަލާކަމަށް -- ފޮޓޯ: އިޔާން/އަދަދު

މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު، އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އޮފީހަށް ވަޑައިގަތް މައްސަލަ ކަރެކްޝަންސް އިން ބަލަން ފަށައިފި އެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ ޔާމީނު ޕީއެންއެފް އޮފީހަށް ރޭ ވަޑައިގަތް މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ރައީސް ޔާމީން ޕީއެންއެފްގެ އޮފީހަށް ވަޑައިގަތީ އެ ޕާޓީއަށް ސޮއިކުރުމަށެވެ. އެކަމަށްޓަކާ ހާއްސަ ރަސްމިއްޔާތެއް ބާއްވައި، މީޑިއާ ކަވަރޭޖަށް ވެސް ޕާޓީން ދައުވަތު ދިނެވެ.

މިއީ ޔާމީނު ގެއަށް ބަދަލުކުރެއްވި ފަހުން ޕާޓީއެއްގެ އޮފީހަކަށް ވަޑައިގަތް މައްސަލަ ބަލާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެމަނިކުފާނު ޕީޕީއެމްގެ އޮފީހަށް ވަޑައިގަތް މައްސަލައެއް ވެސް ބެލި އެވެ. އޭރު ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނޫން ކަމެއް ވެސް ކަރެކްޝަނުން ހާމައެއް ނުކުރެ އެވެ.

ޔުސްރީން ވިދާޅުވީ ޖަލުތަކާ ޕެރޯލްގެ ގާނޫނުގައި ބުނާ ގޮތުން ގައިދީއަކަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކު އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ގާނޫނާ ހިލާފު ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނު މާފުށީ ޖަލުގައި ހުންނެވުމަށް ފަހު ގެއަށް ބަދަލުކުރީ މިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވުމާއެކު އެވެ. އިންތިހާބަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ވެސް ރައީސް މުއިއްޒު ގޮވާލެއްވީ ޔާމީނު ގެއަށް ބަދަލުކުރުމަށެވެ.

އެމަނިކުފާނު ގެއަށް ބަދަލުކުރީ ގައުމުގެ މަސްލަހަތައްޓަކައި ކަމަށް ރައީސް ސޯލިހު އޭރު ވިދާޅުވި އެވެ.

ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި މައްސަލަ ސާބިތުވެގެންނެވެ.

އޭގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވެ އެވެ. އެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox