ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ގާއިމު ކުރަން ރައީސް މުއިއްޒު ނިންމަވައިފި

ތުރުކީވިލާތަށް ރައީސް މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުގައި އެގައުމުގެ ރައީސް ރަޖިބް ތައްޔިބް އުރުދުގާންއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ތުރުކީވިލާތަށް ރައީސް މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުގައި އެގައުމުގެ ރައީސް ރަޖިބް ތައްޔިބް އުރުދުގާންއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދޮ އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާއާ އެއްގޮތަށް އެ ގައުމުގެ ވެރިރަށް، އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ގާއިމު ކުރަން ރައީސް ނިންމެވީ މިއަދު ކުރިއަށް ގެންދިޔަ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ވަޒީރުންގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓެރަރީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ތުރުކީވިލާތުގައި އެމްބަސީއެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ ދެގައުމުގެ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމެވެ.

"މިއަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވަރަށް ގިނަ އަދަދަކަށް ތުރުކީވިލާތަށް ދިވެހިން ޒިޔާރަތްކޮށް ދަތުރުކޮށް ހަދާ، އަދި ހަމައެހެންމެ، ވިޔަފާރީގެ އެކި ބޭނުންތަކާއި ތައުލީމުގެ އެކި ބޭނުންތަކަށް ވެސް ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން،" ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުވަމުން ދާނެ ކަމަށް ބެލެވޭކަން ފާހަގަ ކުރައްވައި ފިރުޒުލް ވިދާޅުވި އެވެ.

އެ ނިންމުމާއެކު ތުރުކީވިލާތަށް ދަތުރު ކުރާ ދިވެހިންގެ ކަންކަން އިތުރަށް ފަސޭހަ ވާނެކަން ފާހަގަ ކުރައްވައި ފިރުޒުލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެެރޭގައި އެކަމާ ގުޅޭގޮތުން ގާނޫނީ އަދި ހާރިޖީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ފިރިޒުލް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެން އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ކުރެއްވި ބައްދަލުވުމުގައި ދިވެހިން ވަނީ ތުރުކީގައި ދިވެހި އެމްބަސީއެއް ނެތުމުން ދިމާވާ ގޮންޖެހުންތަކުގެ ޝަކުވާ ހުށަހަޅައިފަ އެވެ. އެ ޝަކުވާތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް އެދުވަހު ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox