މާލޭ ފެނުގެ ނެޓްވޯކުގެ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރުމަށް މިރޭ 11 އިން ފަތިހު 5 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.
ހިދުމަތް ކެނޑޭނެ ސީދާ ސަރަހައްދުތަކެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،" އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
މާލޭގެ އާބާދީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންދާތީ ފެނުގެ ނެޓްވޯކް ވަރަށް ގިނައިން އަޕްގްރޭޑް ކުރަން ޖެހެ އެވެ.
ފެނުގެ ހިދުމަތުގެ އިތުރުން މާލޭގެ ނަރުދަމާ ނިޒާމު ވެސް އަޅައި، ބަލަހައްޓަނީ އެމްޑަބްލިއުއެސްސީ އިންނެވެ.

ފަހަކާ ޖެހެންދެން މާލޭގެ ގިނަ ބަޔަކު ބޯން ބޭނުންކުރަނީ ވެސް އެމްޑަބްލިއުއެސްސީ އިން ދޫކުރާ ފެނެވެ. ނަމަވެސް މިހާރު ގިނަ މީހުން ބޭނުންކުރަނީ ބަންދުކުރި ފެނެވެ. އެކަމަކު އަދިވެސް ގޭތެރޭގެ ގިނަ ކަންކަމުގައި އެ ފެން ބޭނުންކުރެ އެވެ.










