ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް, މުހުތާޒް މުހުސިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަން މުހުތާޒް އިއުލާނުކުރެއްވީ މިއަދު އޭނާގެ އެކްސް އެކައުންޓުންނެވެ. މުހުތާޒް ވިދާޅުވީ ވާދަކުރަން ނިންމީ ގައުމީ ހިދުމަތާއި ގުޅުމުގެ ހެޔޮނިޔަތުގައި ކަމަށެވެ.
އޭނާ ވަނީ, ދާއިރާ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން މުހުތާޒް ވަނީ, ކްރިމިނަލް ކޯޓުގެ ގާޒީކަމާއި, ޑީޖޭއޭގައި އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
އޭނާ ގެންދަވަނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާއި, ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަންކަންގެ އިތުރުން ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުންނެވެ.














