ގާނޫނާ ހިލާފު ކަމަށް ބުނެ ބާތިލުކުރަން ކޯޓަށް ދިޔަ "އިންޑިއާ އައުޓް" ގަރާރާ މެދު މި ސަރުކާރަށް ގޮތެއް ނުނިންމޭ!

މި ސަރުކާރުގެ ލީޑާޝިޕްގެ އެންމެ އިސް ބޭފުޅުން "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން މުޒާހަރާއެއްގައި ބައިވެރިވަނީ. އެ ގަރާރުގެ ދަށުން "އިންޑިއާ އައުޓް" ދަމާފައި ހުރި ބެނާތަކެއް ވެސް ފުލުހުން ލައްވައި ނެގުވި --- ފޮޓޯ: އަދަދު ފައިލް

މި ސަރުކާރުގެ ލީޑާޝިޕްގެ އެންމެ އިސް ބޭފުޅުން "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓްތަކެއް ލައިގެން މުޒާހަރާއެއްގައި ބައިވެރިވަނީ. އެ ގަރާރުގެ ދަށުން "އިންޑިއާ އައުޓް" ދަމާފައި ހުރި ބެނާތަކެއް ވެސް ފުލުހުން ލައްވައި ނެގުވި --- ފޮޓޯ: އަދަދު ފައިލް

މި ހިނގަމުންދާ ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް އަމާޒުކޮށް "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ނަމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލުކުރުމާ މެދު މި ސަރުކާރުން އަދިވެސް ގޮތެއް ނިންމާފައި ނުވާކަން ހާމަވެއްޖެ އެވެ.

"އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ރިޔާސީ ގަރާރެއް ނެރުއްވީ އެޕްރީލް 21, 2022 ގަ އެވެ.

އެ ގަރާރުގައި އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގާފައި އޮތްއިރު އެއާ އެކު ކޯޓު އަމުރެއްގެ ދަށުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާތަކެއް ވެސް ފުލުހުން ނެގި އެވެ.

އެ ގަރާރާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ގާނޫނީ ގޮތުން ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި, ގަރާރު ބާތިލުކުރުމުގެ މަސައްކަތް ކުރިއަށްދޭތޯ އެހުމުން ވިދާޅުވީ ދިރާސާ ކުރަމުންދަނީ "ވަކި ނިޔަތެއް އޮވެގެން ނޫން," ކަމަށެވެ.

އެ ގަރާރު ނެރުނު ދުވަހު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުރަހީމް އަބްދުالله އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ.

އެޕްރީލް 21, 2022 ގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. އާދަމް ޝަރީފް (ކ-1), ރައީސް މުއިއްޒު (ކ-2), އަބްދުއްރަހީމް (ވ-2) އަދި ގައްސާން (ވ-1) --- ފޮޓޯ: ޕީޕީއެމް
އެޕްރީލް 21, 2022 ގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. އާދަމް ޝަރީފް (ކ-1), ރައީސް މުއިއްޒު (ކ-2), އަބްދުއްރަހީމް (ވ-2) އަދި ގައްސާން (ވ-1) --- ފޮޓޯ: ޕީޕީއެމް

އެޕްރީލް 21, 2022 ގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. އާދަމް ޝަރީފް (ކ-1), ރައީސް މުއިއްޒު (ކ-2), އަބްދުއްރަހީމް (ވ-2) އަދި ގައްސާން (ވ-1) --- ފޮޓޯ: ޕީޕީއެމް

އެ ގަރާރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާއި އަދި އެއީ ރައްޔިތުންނާ ދެކޮޅަށް ނެރުނު ގަރާރެއްގެ ގޮތުގައި އެ ބޭފުޅުން އެ ދުވަހު ސިފަކުރެއްވި އެވެ. އޭގެ އިތުރުން އެ ސަރުކާރުން ރާއްޖޭގައި ނަސްލީ ތަފާތުކުރުން އުފައްދަން އުޅޭ ކަމަށް ވެސް އެބޭފުޅުން އެ ދުވަހު ވިދާޅުވި އެވެ.

"އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުުންނާ ދެކޮޅަށް ނެރުއްވި ގަރާރެއް. އެއީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފް ގަރާރެއް. އަޅުގަނޑުމެން މިހާރުން މިހާރަށް މި މަސައްކަތްކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،" ރައީސް މުއިއްޒުގެ މުޅި ސަރުކާރުގައި ވެސް ހިމެނިވަޑައިގަންނަވާ އެންމެ ބާރުގަދަ ބޭފުޅާ ކަމަށްވާ ޕީއެންސީގެ އޭރުގެ ރައީސް އަދި މިހާރުގެ ޗެއާމަން އަބްދުއްރަހީމް އެ ދުވަހު ވިދާޅުވެފައިވެ އެވެ.

އެ ގަރާރުގައި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަންގާފައިވާ އެންގުންތަކަކީ ތަބާވާންޖެހޭ އެންގުންތަކެއް ނޫން ކަމަށާއި އެ ގަރާރުގައިވާ އަމުރުތަކަށް ތަބާނުވުމަކީ ގާނޫނުއަސާސީގެ 64 މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ބުނެ އެ ގަރާރު ބާތިލުކުރުމަށް ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.

އެ މައްސަލަ ކޯޓަށް އޭރު ހުށަހެޅީ މުޅި "އިންޑިއާ އައުޓް" ކެމްޕޭންގެ އެންމެ ހަރަކާތްތެރިކޮށް ފެނުނު "ދިޔަރެސް" ނޫހުގެ ތިން މަސްއޫލުވެރިންގެ ފަރާތުންނެވެ.

ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައިގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ރައީސްގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެހެންވެ، އެއީ ދުސްތޫރީ މައްސަލައެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި މި މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

އޭގެ އިތުރުން ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށް ކަނޑައި ދިނުމަށް ސިވިލް ކޯޓަށް ވެސް ޕީޕީއެމް/ޕީއެންސީން މައްސަލައެއް ހުށަހެޅި އެވެ.

އޭރު އިދިކޮޅުގައި ތިއްބެވި މިހާރު ސަރުކާރުގެ ބޭފުޅުން އެ ގަރާރު ގާނޫނާ ހިލާފު ކަމަށް ގަބޫލުކުރެއްވީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

ރައީސް މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭން ބިނާކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި އެއްބަސްވުންތައް ހާމަކުރުމުގެ ވައުދާ އެކު އެވެ. ނަމަވެސް, މިއަދާ ހަމައަށް އައިއިރު ވެސް ސަރުކާރުގެ ފަރާތުން އާންމުންނަށް މިކަމުގައި އެކަށީގެންވާ މިންވަރަށް މައުލޫމާތު ފޯރުކޮށްދީފައި ނުވެ އެވެ. މި ކަންކަމާ ގުޅޭ ސާފު މައުލޫމާތު ހާމަނުކުރާތީ އާންމުންގެ ފާޑުކިޔުން ވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox