ބިޑު ދައުވަތެއް ނެތި މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު އުވާލައިފި

ހުޅުމާލޭގައި އަޅާ ފްލެޓުތަކެއް: އުސޫލު އުވާލިޔަސް މާލިއްޔަތު ގަވާއިދުގެ ތެރެއިން އަދިވެސް މިގޮތަށް އަންނަ ހުށަހެޅުންތައް ބަލައިގަންނަން ޖާގަ އޮންނާނެ --- ފޮޓޯ/އަބްދުﷲ އިޔާން

ހުޅުމާލޭގައި އަޅާ ފްލެޓުތަކެއް: އުސޫލު އުވާލިޔަސް މާލިއްޔަތު ގަވާއިދުގެ ތެރެއިން އަދިވެސް މިގޮތަށް އަންނަ ހުށަހެޅުންތައް ބަލައިގަންނަން ޖާގަ އޮންނާނެ --- ފޮޓޯ/އަބްދުﷲ އިޔާން

ބިޑު ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު ނުވަތަ އަންސޮލިސިޓަޑް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު އިއްޔެ ސަރުކާރުން އުވާލައިފި އެވެ.

ބިޑު ދައުވަތެއް ނެތި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކުލަވާލި އުސޫލެކެވެ. މިއީ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލި ގަވާއިދެކެވެ. އެގޮތުން ދެ ދާއިރާއަކުން ޕްރޮޕޯސަލް ހުށަހަޅަން އެ އުސޫލުން ޖާގަ ދީފައި އޮތެވެ. އެއީ:

  • ސަރުކާރުން ކަނޑައަޅާފައިވާ ވަކި މަޝްރޫއަކަށް ނުފެތޭ، ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަދަ މަޝްރޫއުތަކާ ގުޅޭ ޕްރޮޕޯސަލް
  • ސަރުކާރުގެ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޖާދީ ގޮތެއްގައި (އިނޮވެޓިވް ގޮތެއްގައި) އަދި ފުދުންތެރި ގޮތެއްގައި ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯޒަލް

މިގޮތަށް ލިބުނު ހުށަހެޅުމެއްގެ ތެރެއިން އެއްވެސް މަޝްރޫއެއްގެ މަސައްކަތް ހަވާލުކުރި ކަމެއް ސާފެއް ނޫނެވެ. އަދި, މި އުސޫލު އުވާލި ނަމަވެސް މާލިއްޔަތު ގަވާއިދުގެ ދަށުން އަދިވެސް މިގޮތަށް ހުށަހެޅުންތައް ސަރުކާރަށް ބަލައިގަންނަން އެއްވެސް ހުރަހެއް ނޯންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox