ޓްރީޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ހިތާނީ ކޭމްޕުގައި ނަން ނޯޓުކުރުމަށް ހުޅުވާލައިފި އެވެެ.
ޓްރީޓޮޕްގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ޖެނުއަރީ 10 އެވެ. ހިތާނީ ޕެކޭޖްގެ ހިދުމަތަށް ދައްކަން ޖެހެނީ 5000ރ އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕްއާ ހަމައަށް އެންމެ ފުރިހަމަކޮށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ޓްރޯޓޮޕްގެ މިއަހަރުގެ ހިތާނީ ކޭމްޕުގައި ހަ ޑޮކްޓަރުން ހަރަކާތްތެރިވާނެ އެވެ. އޭގެތެރޭގައި އޮޕަރޭޝަނަށް ހާއްސަ، ޑރ. ހުސެއިން ހަދިޔެވް އާއި ޑރ. އުކަތަމް އަބްދުއްލާޔެވް އާއި ޑރ. މައުމޫން އާސިމްގެ އިތުރުން ޑރ. މުހައްމަދު ޝަރީފް އަދި ޑރ. އަބްދުﷲ އުބައިދު ހިމެނެ އެވެ. އޭގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާވެސް ހަރަކާތްތެރިވާނެ ކަމަށް ޓްރީޓޮޕް އިން ބުންޏެވެ.
އެ ހޮސްޕިޓަލުގެ ޑރ. އުކަތަމް އަބްދުއްލާޔެވް ވިދާޅުވީ ކޮންމެ ކުއްޖެއްގެ ހަޔާތުގައި ވެސް އަންނަ މި މުހިންމު ވަގުތުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްތަކުގައި އަބަދުވެސް ދެމުންދަނީ ފެންވަރު ރަނގަޅު ކޮލިޓީ ސިއްހީ ހިދުމަތެއް ކަމަށާއި މި އަހަރުވެސް ކާމިޔާބު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ.












