މާލޭ ސިޓީ ކައުންސިލަށް ޓިކެޓު ދޭން އެމްޑީޕީން ޕްރައިމަރީއެއް ބާއްވަން ނުޖެހުނު

Dec 2, 2023, 10:52 AM
އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން އާދަމް އާޒިމް ހުށަހެޅުއްވި ފޯމް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވަނީ. އެމްޑީޕީގެ ޓިކެޓް އާޒިމަށް ވަނީ ކަށަވަރުވެފައި. ފޮޓޯ:އެމްޑީޕީ

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން އާދަމް އާޒިމް ހުށަހެޅުއްވި ފޯމް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ހަވާލުކުރައްވަނީ. އެމްޑީޕީގެ ޓިކެޓް އާޒިމަށް ވަނީ ކަށަވަރުވެފައި. ފޮޓޯ:އެމްޑީޕީ

މާލޭގެ މޭޔަރާއި ކައުންސިލްގެ ބައެއް ދާއިރާތަކަށް މެމްބަރުން ހޮވަން ބާއްވާ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވަން، ބާއްވަން އުޅުނު ޕްރަައިމަރީއަށް، ދާއިރާއަކުން އެކަކު ފިޔަވައި ފޯމު ހުށަހަޅާފައި ނުވާތީ ވޯޓަކާ ނުލައި ޓިކެޓު ދޭން އެޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން މައުލޫމާތު ދިން ގޮތުގައި މާލޭގެ މޭޔަރުކަމަށް އެޕާޓީން ނެރޭނެ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވަން ފޯމު ހުށަހެޅުއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރް އާދަމް އާޒިމް އެކަންޏެވެ. މާލޭ ސިޓީ ކައުންސިލުގައި މިހާރު މެމްބަރަކު ނެތް ދާއިރާތައް ކަމަށްވާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވަން ވެސް ހުށަހެޅުއްވީ ކޮންމެ ދާއިރާއަކަށް ބޭފުޅެކެވެ.

އެމްޑީޕީގެ ޕްރަައިމަރީގައި ވާދަކުރަން ހުށަހެޅުއްވި ބޭފުޅުން

  • މާލޭގެ މޭޔަރު ކަމަށް ވާދަކުރަން: އާދަމް އާޒިމް/ސީނުކަރަންކާގެ، މާލެ.
  • މެދު ހެންވޭރު ދާއިރާ: އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
  • ހެންވޭރު ދެކުނު ދާއިރާ: ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
  • މާފަންނު ދެކުނު ދާއިރާ: އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ

އެމްޑީޕީން ބުނީ ކޮންމެ ދާއިރާއަކަށް ޝައުގުވެރިކަން ފާޅުކުރެއްވީ އެއް ކެންޑިޑޭޓް ކަމަށް ވާތީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ދޭން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox