ފުށިދިއްގަރުފަޅު ހިއްކުމަކީ ބޭކާރު ހަރަދެއް، އިސްކަންދޭންވީ އެމްޑީޕީން ރޭވި ގޮތަށް އަމަލުކުރުމަށް: އާޒިމް

ފުށިދިއްގަރު ފަޅު

ފުށިދިއްގަރު ފަޅު

މި ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ހިއްކުމަށް ނިންމާފައިވާ ފުށިދިއްގަރުފަޅަކީ، މިވަގުތަށް ބޭނުންވާ ތަނެއް ނޫން ކަމަށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ޓިކެޓް ހޯއްދަވަން މަސައްކަތްކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ހިންގަން ރާވާފައި އޮތީ ގުޅިފަޅާއި، ގިރާވަރުފަޅާއި، އުތުރުތިލަފަޅުގަ އެވެ.

މާލޭގެ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ އެންމެ އިސްކަން ދެއްވާނެ ކަމަކީ މާލޭ ރައްޔިތުން ދަތި ހާލުން ސަލާމަތްކުރަން އެހެން ދިމާލަކުން ހައްލެއް ހޯދުން ކަމަށް ވިދާޅުވެ އާޒިމް ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް، އެންމެ އިސްކަމެއް ދީގެން ކުރަންވީ ކަމަކީ، ކުރީ ސަރުކާރުން އެކަމަށް ރާވާފައި އޮތް ފަޅުތަކާއި، ރަށްތަކުގައި އެ ޕްރޮޖެކްޓް ހިންގުން ކަމަށެވެ.

"ފުށިދިއްގަރުފަޅު އެއީ މިވަގުތަށް ބޭނުންވާ ތަނެއް ނޫން. އެއީ ހަމަ ސީދާ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން،" އާޒިމް ވިދާޅުވި އެވެ.

"ކުރަންވީ ގުޅިފަޅު، ގިރާވަރު އަދި އުތުރުތިލަފަޅު ތަރައްގީކޮށް އަވަހަށް އެތަންތަނަށް މީހުން ގެންދިޔުމަށް މަސައްކަތް."

އާޒިމް ވިދާޅުވީ ދައުލަތުގެ ފައިސާއިން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އާންމުންނަށް ފަސޭހައިން ދިރި އުޅެވޭނެ ގޮތެއް ހަދައިދިނުން ކަމަށެވެ. އެކަަމަށް، އެންމެ އަވަހަށް ކުރެވެން އޮތް ކަމަކީ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ގުޅިފަޅު، ގިރާވަރު އަދި އުތުރު ތިލަފަޅު ތަރައްގީކޮށް، އަސާސީ ހިދުމަތް ގާއިމްކުރުމާއެކު އެތަންތަން އާބާދުކުރުން ކަމަށެވެ.

އެ ތިން ރަށް ގުޅާލަން ބުރިޖު ވެސް އެޅޭނެ ކަމަށާއި އެހެންނަމަވެސް، ފުށިދިއްގަރުފަޅަށް ބުރިޖު އެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކަކީ އެހެން ސަރުކާރުތަކުން އެކަން ކުރުން މަޖުބޫރުވާ ފަދަ ރަނގަޅު ސިޔާސަތުތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި އާސަންދަ، ދަތުރުފަތުރުގެ ނިޒާމް، އަދި ބޯހިޔާވަހިކަމުގެ ސިޔާސަތު އާޒިމް ފާހަގަކުރެއްވި އެވެ.

އާޒިމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ފުރަތަމަ އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރެވެ. ނަމަވެސް 2020 ވަނަ އަހަރު އެމްޓީސީސީ އޭނާއާ ހަވާލުކުރެއްވީ އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އާޒިމް ހޯއްދަވާފައިވެ އެވެ. އެގޮތުން މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، އާރްޓީއެލްގެ ހިދުމަތް ފައްޓަވައި ދެއްވާފައިވެ އެވެ.

އާ ސަރުކާރާއެކު ހުސްވި ކައުންސިލް ގޮނޑިތަކަށް ވާދަ ކުރާނެކަން އިއުލާންކޮށް، ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ފުރުސަތު މާދަމާގެ ހަވީރު 4:00 އާ ހަމައަށް އޮތީ ހުޅުވާލާފަ އެވެ. މިހާތަނަށް މާލެ ސިޓީގެ މޭޔަރުކަމަގެ ޓިކެޓަށް ވާދަ ކުރެއްވުމަށް އެމްޑީޕީން ހުށަހެޅީ އާޒިމް އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox