ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އަލުން އީ-ގޭޓް ގެ ހިދުމަތް ބޭނުންކުރަން ފަށައިފި އެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބައިނައްލަގުވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް "އިމުގާ" ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ހަމަޖެހުމާއި ގުޅިގެން އީ-ގޭޓްގެ ހިދުމަތް ވެސް ފަސޭހަކަމާއެކު މިހާރު ލިބޭނެ ކަމަށެވެ.
titledesc
މި ހިދުމަތާއެކު ޕާސްޕޯޓްގައި އިމިގްރޭޝަން ތައްގަނޑު ޖަހަން މަޑުކުރާކަށް ނުޖެހޭނެ އެވެ.
އީ-ގޭޓް ބޭނުންކުރާނީ ކިހިނެއް؟
- ބޯޑިން ޕާހުގެ ބާކޯޑު އިންނަ ފަރާތް ސްކޭނަރުގައި ޖައްސާލުމަށްފަހު، ޕާސް ރީޑް ކުރިކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ޕާސް ނަންގަވާ,
- ޕާސްޕޯޓުގެ ބަޔޯ ޑާޓާ ސަފުހާ ސްކޭނަރުގައި ޖައްސާލުމަށްފަހު، ރީޑް ކުރިކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ޕާސްޕޯޓު ނަންގަވާ,
- ޝަހާދަތް އިނގިލި ނުވަތަ ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގާ ޕްރިންޓް ރީޑަރުގައި ޖައްސާލުމަށްފަހު، ގޭޓް ހުޅުވުމުން ގޭޓް ހުރަސްކޮށް ވަޑައިގަންނަވާށެވެ.












