ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓު ސަސްޕެންޑު ކޮށްފި

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޕީއެންސީ ޗެއާޕާސަން، އަބްދުއްރަހީމް އަބްދުﷲ ޖަލްސާއެއްގައި ބައިވެރިވަނީ -- ފޮޓޯ

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޕީއެންސީ ޗެއާޕާސަން، އަބްދުއްރަހީމް އަބްދުﷲ ޖަލްސާއެއްގައި ބައިވެރިވަނީ -- ފޮޓޯ

ޕީއެންސީ/ޕީޕީއެމްގެ ލީޑަޝިޕާއި ރައީސް ޔާމީންއާއި ހިޔާލުތަފާތުވެ އެ ކޯލިޝަން ދެފަޅިވެފައި ވަނިކޮށް ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓު ސަސްޕެންޑުކޮށްފި އެވެ.

ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓު، @congress_mv ސަސްޕެންޑު ކޮށްފައި ވަނީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް މިހައިތަނަށް ސާފެއް ނުވެ އެވެ. އެކްސްއިން އެ އެކައުންޓަށް ޒިޔާރަތް ކުރުމުން ފެންނަން ހުންނަ މެސެޖުގައި އޮންނަނީ އެކައުންޓު ސަސްޕެންޑު ކޮށްފައި ވަނީ އެކްސްގެ ގަވާއިދުތަކާ ހިލާފުވުމުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ޕީއެންސީގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.

ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓަށް ޒިޔާރަތް ކުރުމުން ފެންނަން ހުންނަ މެސެޖު
ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓަށް ޒިޔާރަތް ކުރުމުން ފެންނަން ހުންނަ މެސެޖު

ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓަށް ޒިޔާރަތް ކުރުމުން ފެންނަން ހުންނަ މެސެޖު

ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓު މިއަދު ސަސްޕެންޑު ކުރިއިރު، އެ ޕާޓީގެ އެކްސް އެކައުންޓުން މިދިޔަ ދެތިން ދުވަހު ގެންދިޔައީ ޕާޓީއަށް އަލަށް ސޮއި ކުރާ މެންބަރުންގެ ފޯމުތަކުގެ އަދަދާއި މެންބަރުން ފެންނަ ޕޯސްޓުތައް ހިއްސާ ކުރަމުންނެވެ. އެ ޕާޓީން ރޭގައި ބުނެފައި ވަނީ މިހައިތަނަށް 10،000 އަށްވުރެ ގިނަ ފޯމު އިލެކްޝަނަށް ހުށަހަޅައިފައި ވާނެ ކަމަށެވެ. އަދި ޕްރޮސެސިންގައި ހުރި ފޯމުގެ އަދަދު 6000 އަށްވުރެ މަތިވާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ރައީސް ޔާމީން އެ ކޯލިޝަނާ ދުރަށް ވަޑައިގެންނެވުމާއެކު މިދިޔަ ހުކުރު ދުވަހު ދުވަހު ވަނީ ހ. ހުރަފާގައި ހުންނަ ޕީޕީއެމްގެ އޮފީސް ވެސް ހުސް ކުރަން އަންގައިފަ އެވެ. އެތަނުގައި މިހާރު ހިންގަމުން ގެންދަނީ ޒޭން އަބްދުﷲ ޔާމީންގެ މުއައްސިސު ކަމުގެ ދަށުން އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ޕީޕަލްސް ނެޝަނަލް ފުރަންޓުގެ ބޭނުމަށެވެ.

ޕްރޮގުރެސިވް ކޯލިޝަނުގެ ތެރޭގައި މައްސަލަ ޖެހި ޕީޕަލްސް ނެޝަނަލް ފުރަންޓުގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ރައީސް ޔާމީން އިސްކޮށް ހުންނަވައި ފެށްޓެވީ މި ސަރުކާރުން އެމަނިކުފާނާ ގުޅުން ކަނޑާލައިފައި ވާކަމަށް ބުނެ އެވެ. ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރި ދުވަހުން ފެށިގެން ކުރި އެއްވެސް ކޯލަކަށް ނުވަތަ މެސެޖަކަށް ވެސް ރައީސް މުއިއްޒު ޖަވާބު ނުދެއްވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ވަނީ ސަރުކާރުން ދޮގު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox