ޖަމީލަށް ސައީދުގެ ނުސީދާ ރައްދެއް، މުއިއްޒާއި އަބްދުއްރަހީމަށް ތައުރީފު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު  ޖަމީލަށް އޭނާ ނުސީދާކޮށް މިއަދު ރައްދު ދެއްވި. ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލަށް އޭނާ ނުސީދާކޮށް މިއަދު ރައްދު ދެއްވި. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ "ޖާހިލެއްގެ އަތްދަށު ވެފައި" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ސިފަކުރެއްވުމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަަައީދު އޭނާއަށް ނުސީދާކޮށް މިއަދު ރައްދު ދެއްވައިފި އެވެ.

"އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ އިލްމާއި ހިލްމަކީ ދެ އެއްޗެއް ކަމަށާއި ކިޔަވައިގެން ހުރި މީހަކު ވިޔަސް ނުވަތަ ނުކިޔަވާ ހުރި މީހަކުވިޔަސް ޖާހިލެއްގެ އަތްދަށުވުން އެއީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށެވެ.

"ކިޔަވައިގެން ހުރި މީހަކަށްވިޔަސް ހެދޭނެ އެންމެ ބޮޑު މިސްޓޭކަކީ ޖާހިލެއްގެ އަތް ދަށުވުން، އިނގޭތޯ، ޖާހިލެއްގެ އަތްދަށުވުން، ޖާހިލެއްގެ އަތްދަށުވުމަށްވުރެ ބޮޑު ގޯހެއް އިންސާނެއް ނުކުރާނެ،" ޖަމީލު ވިދާޅުވި އެވެ.

އަބްދުއްރަހީމްއަކީ ރައީސް މުއިއްޒުގެ "ޒައީމު" ގެ ގޮތުގައި ސިފަ ކުރައްވައި ފާޑުވިދާޅުވަމުން ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ފޮޓޯ އާއި ނަން ބޭނުން ކުރައްވައިގެން ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމާއެކު ރައީސް ޔާމީންއަކީ ނެތް ބޭފުޅަކަށް ހައްދަވައި ބޭވަފާތެރިވެވަޑައިގެންފައިވާ ކަމަށެވެ.

ޖަމީލު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނިކޮށް, ސޯޝަލް މީޑިއާގައި ސައީދު މިއަދު ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ ﷲގެ ވާގިފުޅާ އެކު، ރަައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދާނީ ކުރިއަށް ކަމަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ބިނާކުރަނިވި ހައްލު ހޯދުމުގެ ހިތްވަރު އެމަނިކުފާނުގެ އެބަހުރި ކަމަށެވެ.

"... އަދި އެތައް ގޮންޖެހުމެއްގެ ތެރެއިން ޕީޕީއެމް/ޕީއެންސީ މިހިސާބަށް ގެނެސްދެއްވުމުގައި އަބްދުއް ރަހީމް އަބްދުﷲގެ ލީޑަޝިޕް ފާހަގަކުރަން،" ސައީދު ވިދާޅުވި އެވެ.

ސައީދާއި ސަރުކާރުގެ އެހެން ބައެއް އިސް ބޭފުޅުން ރައީސް މުއިއްޒުގެ ދިފާއުގައި ތެދުވެވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީނު އެމަނިކުފާނާ ދެކޮޅަށް ފާޅުގައި ނުކުމެވަަޑައިގެން އާ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ފެށްޓެވުމުންނެވެ.

ޔާމީނު އެ ހަރަކާތް ފެށްޓެވުމާ އެކު ރައީސްގެ ސްޕެޝަލް އެޑްވައިޒަރް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސް މުއިއްޒުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

މި ސަރުކާރުގެ އެންމެ ބާރުގަދަ ބޭފުޅާގެ ގޮތުގައި ފާހަގަކުރެވޭ އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ ގައުމު އިސްކުރާ ދެ ޕާޓީ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޑރ. މުއިއްޒުއާ އެކު ފިސާރި ސާބިތުވެ. މާތް الله ގެ ވާގިފުޅާ އެކު ރައީސް މުއިއްޒުގެ ސަރުކާރުގެ ވެގެންދާނީ ދިވެހި ގައުމީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސްއެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒުގެ ސަރުކާރާ އެކު ސާބިތުވެ ތިބުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox