ކޮންމެ މީހަކަށް ވުރެ ގައުމު ބޮޑު ކަމަށް ވިދާޅުވެ ސަރުކާރުގެ ދިފާއުގައި އަބްދުއްރަހީމް

ރައީސް މުއިއްޒު އާއި ނައިބު ރައީސް ހުަސައިން އަދި އަބްދުއްރަހީމް ރައީސް އޮފީހުގައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އާއި ނައިބު ރައީސް ހުަސައިން އަދި އަބްދުއްރަހީމް ރައީސް އޮފީހުގައި --- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ލީޑަރެއްގެ ގޮތުގައި މި ސަރުކާރު ގެނައުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި ކުރީގެ ރައީސް އަބްދުالله ޔާމީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ދޫކުރައްވައި ސަރުކާރާ ވަކިން ސިޔާސީ ހަރަކާތްތައް ފަށްޓަވަން ނިންމެވުމާ އެކު "ކޮންމެ މީހަކަށް ވުރެ މި ގައުމު މާ ބޮޑު" ކަމަށް ވިދާޅުވެ ސަރުކާރުގެ ދިފާއުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) ނުކުމެވަޑައިގަނެފި އެވެ.

ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ޖެހުނު މައްސަލަތަކާ އެކު ޔާމީން އާ ޕާޓީއެއް އުފައްދަވަން ވަނީ ނިންމަވާފަ އެވެ. މިހާރު ވެރިކަމުގައި ތިއްބެވި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން އެމަނިކުފާނަށް ބޭވަފާތެރިވެ ބަގާވާތެއް ކުރައްވާފައިވާ ކަމަށް ވަކީލުން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.

އެކަން އެހެން ހިނގާފައި ވަނިކޮށް މި ސަރުކާރުގެ ދިފާއުގައި މިރޭ ވަޒީރުން ގެންދަވަނީ ޓްވީޓު ކުރައްވަމުންނެވެ. މި ސަރުކާރުގެ އެންމެ ބާރުގަދަ ބޭފުޅާގެ ގޮތުގައި ފާހަގަކުރެވޭ އަބްދުއްރަހީމް ވަނީ ޕީޕީއެމް/ޕީއެންސީއަކީ ގައުމު އިސްކުރާ ދެ ޕާޓީ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މިތިބީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޑރ. މުއިއްޒުއާ އެކު ފިސާރި ސާބިތުވެ. މާތް الله ގެ ވާގިފުޅާ އެކު ރައީސް މުއިއްޒުގެ ސަރުކާރުގެ ވެގެންދާނީ ދިވެހި ގައުމީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސްއެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް," އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

އޭނާ ވަނީ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒުގެ ސަރުކާރާ އެކު ސާބިތުވެ ތިބުން ކަމަށް ވިދާޅުވެފަ އެވެ.

އަބްދުއްރަހީމްއަކީ ރައީސް މުއިއްޒުއަށް ވެރިކަން ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅާ އެވެ. އަބްދުއްރަހީމް ވަނީ ކެމްޕޭނު ދުވަސްވަރު، ރައީސް މުއިއްޒު އާއެކު ހުރިހާ ރަށަކަށްހެން ވަޑައިގެންފަ އެވެ.

އޭގެ އިތުރުން އަބްދުއްރަހީމްއަކީ ޕްރޮގުރެސިވް ކޯލިޝަނުން އިންތިހާބު ބޮއިކޮޓު ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ ހިލާފަށް އިންތިހާބުގައި ވާދަކުރުމަށް ނިންމި ނިންމުމުގެ ފަހަތުގައި ވެސް އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އެވެ.

ނަތީޖާއެއްގެ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސަރުކާރު ބަދަލުވި މަރުހަލާގައި އިންތިގާލީ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވީ އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްއަކީ މިހާރު ރައީސް މުއިއްޒުއަށް ހާއްސަ ލަފާ އަރުވާ، ސްޕެޝަލް އެޑްވައިޒަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox