ރައީސް މުއިއްޒު ހުންނެވީ ޖާހިލެއްގެ އަތްދަށުވެފައި: ޖަމީލު

ޕީޕީއެމްގެ ޖަލްސާއެއްގައި ޑރ. މުހައްމަދު ޖަމީލު ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމްގެ ޖަލްސާއެއްގައި ޑރ. މުހައްމަދު ޖަމީލު ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ޕީއެންސީގެ ޗެއާޕާސަން، އަބްދުއްރަހީމް އަބްދުﷲ ގެ ދަށުވެފައި ކަމަށާއި އިންސާނަކަށް ދުނިޔެ މަތީގައި ހެދޭނެ އެންމެ ބޮޑު ގޯހަކީ "ޖާހިލެއްގެ" އަތްދަށުވުން ކަމަށް ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުގެ "އެތެރެފުށް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ އިލްމާއި ހިލްމަކީ ދެ އެއްޗެއް ކަމަށާއި ކިޔަވައިގެން ހުރި މީހަކު ވިޔަސް ނުވަތަ ނުކިޔަވާ ހުރި މީހަކުވިޔަސް ޖާހިލެއްގެ އަތްދަށުވުން އެއީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށެވެ.

"ކިޔަވައިގެން ހުރި މީހަކަށްވިޔަސް ހެދޭނެ އެންމެ ބޮޑު މިސްޓޭކަކީ ޖާހިލެއްގެ އަތް ދަށުވުން، އިނގޭތޯ، ޖާހިލެއްގެ އަތްދަށުވުން، ޖާހިލެއްގެ އަތްދަށުވުމަށްވުރެ ބޮޑު ގޯހެއް އިންސާނެއް ނުކުރާނެ،" ޖަމީލު ވިދާޅުވި އެވެ.

އަބްދުއްރަހީމްއަކީ ރައީސް މުއިއްޒުގެ "ޒައީމު" ގެ ގޮތުގައި ސިފަ ކުރައްވައި ފާޑުވިދާޅުވަމުން ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ފޮޓޯ އާއި ނަން ބޭނުން ކުރައްވައިގެން ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމާއެކު ރައީސް ޔާމީންއަކީ ނެތް ބޭފުޅަކަށް ހައްދަވައި ބޭވަފާތެރިވެވަޑައިގެންފައިވާ ކަމަށެވެ.

"[ރައީސް މުއިއްޒުއާ] ނެތް އެއްވެސް ގުޅުމެއް. އެއްވެސް އިހުތިރާމެއް އަދައެއް ނުކުރައްވާ ރައީސް [ޔާމީން] އަށް. ބައްދަލެއް ނުކުރައްވާ، ރައީސް [ޔާމީނަށް] ފޯނެއް ނުކުރައްވާ،" ޖަމީލު ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައީ ރައީސް ޔާމީންއަކީ އެންމެ އިސް ލީޑަރު ކަމުގައި ދެކިގެން ކަމަށާއި އޭރު ޖަލު ހުކުމެއްގައި ހުންނެވީތީ، ގާނޫނީ ހުރަހެއް އޮތް ކަމަށް ވެސް ޕީއެންސީ/ޕީޕީއެމްގެ ލީޑަރުޝިޕަށް ނުވި ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި, ގާނޫނީ ގޮތުން ރައީސް ޔާމީނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމުގެ ވާހަކަ ދައްކަވަން އޭރު އެއްވެސް ބޭފުޅަކަށް ކެރިވަޑައިގެން ނުގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ބައްލަވާ އިނގޭތޯ، މިވެރިކަން ހަމަ ލިބުމާ އެކީގައި މުޅި އެތި ބަދަލުވެގެން މިދިޔައީ މިހާރު ރައީސް ޔާމީންއަށް ބައެއް ކަންތައްތައް ކުރެވިގެން ނުވޭ، ރައީސް ޔާމީންއާ މަޝްވަރާ ކުރައްވާކަށް ބޭނުމެއް ނުވޭ ރައީސް ޔާމީން މީގެ ތެރެއަށް ވަދެގެން ނުވޭ،" ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑު މިހުރީ ބުނާނެ އެއްޗެއް ނޭނގިފައި، މި މިންވަރަށް މިކަން ފޮނުވައިލީ ހަމަ ސީދާ އަބްދުއްރަހީމް ބުނާ ގޮތަށް، އަބްދުއްރަހީމްއަކީ މުއިއްޒުގެ މުރުޝިދު، މުއިއްޒުގެ ޒައީމު،"

ރައީސް މުއިއްޒުއަށާއި އަބްދުއްރަހީމްއަށް ބޮޑެތި ފާޑުކިޔުންތަކެއް ޑރ. ޖަމީލު އަމާޒު ކުރައްވާފައިވާއިރު، އަބްދުއްރަހީމްއަކީ ރައީސް މުއިއްޒުއަށް ވެރިކަން ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅާ އެވެ. އަބްދުއްރަހީމް ވަނީ ކެމްޕޭނު ދުވަސްވަރު، ރައީސް މުއިއްޒު އާއެކު ހުރިހާ ރަށަކަށްހެން ވަޑައިގެންފަ އެވެ.

އޭގެ އިތުރުން އަބްދުއްރަހީމްއަކީ ޕްރޮގުރެސިވް ކޯލިޝަނުން އިންތިހާބު ބޮއިކޮޓު ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ ހިލާފަށް އިންތިހާބުގައި ވާދަކުރުމަށް ނިންމި ނިންމުމުގެ ފަހަތުގައި ވެސް އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އެވެ.

ނަތީޖާއެއްގެ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސަރުކާރު ބަދަލުވި މަރުހަލާގައި އިންތިގާލީ އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވީ އަބްދުއްރަހީމް އެވެ. އަބްދުއްރަހީމްއަކީ މިހާރު ރައީސް މުއިއްޒުއަށް ހާއްސަ ލަފާ އަރުވާ، ސްޕެޝަލް އެޑްވައިޒަރެވެ.

ޕީއެންސީ/ޕީޕީއެމްގެ ލީޑަރުޝިޕާ މެދު ހިތްހަމަނުޖެހުން އުފެދި ރައީސް ޔާމީން ޕާޓީން ވަކިވެވަޑައިގެންނެވީ ރޭގަ އެވެ. އެމަނިކުފާނު އެ ޕާޓީއެއްގެ ޓިކެޓުގައި ވެރިކަން ވެސް ކުރެއްވި ޕީޕީއެމް ދޫކޮށްލެއްވީ ރައީސް މުއިއްޒުއާއި އެ ކޯލިޝަނުގެ އިސް ބޭފުޅުންނާ ދެމެދު އޮތް ގުޅުން ޕީއެންސީއަށް ވެރިކަން ލިބުމާއެކު އެއްކޮށް ކެނޑުމުން ކަމަށް ޑރ. ޖަމީލު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox