ކުރީގެ ރައީސް އަބްދުالله ޔާމީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ދުރަށް ޖެހިވަޑައިގަތުމަށް ފަހު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ރޭ ނިންމެވި އެވެ.
މި ނިންމެވުން ރައީސް ޔާމީން ނިންމެވީ ރޭގެ ވަގުތެއްގައިކަން އެމަނިކުފާނުގެ ވަކީލު ޑރ. ޖަމީލު ވަނީ ހާމަކުރައްވައިފަ އެވެ. ޗެނަލް 13 އަށް ދެއްވި އިންޓަވިއެއްގައި ޖަމީލް ވަނީ ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަން ވެސް ހާމަކުރައްވާފަ އެވެ.
ރައީސް އަބްދުالله ޔާމީން ވެސް ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމާފައިވާކަން "އަދަދު" ނޫހަށް ވެސް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެ ނިންމެވުން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެމަނިކުފާނުގެ ފޮޓޯފުޅު ވެރިކަމަށް އަންނަން ބޭނުންކުރި ކަމަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ހަނދާން ނުނެތޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މުހިއްމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

ގައުމީ އެތްލެޓިކްސް މުބާރާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން













