ޔާމީންގެ ޕާޓީ އުފެއްދުމުގެ އަމަލީ މަސައްކަތް މިއަދު ފަށާނެ

ރައީސް ޔާމީން ރަށު ބަންދަށް ބަދަލު ކުރެއްވުމަށްފަހު ބޭއްވެވި ޕފުރަތަމަ ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޔާމީން ރަށު ބަންދަށް ބަދަލު ކުރެއްވުމަށްފަހު ބޭއްވެވި ޕފުރަތަމަ ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމްއިން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ހެއްދެވުމަށް މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއް ފާސްވެފައިވާ ކަމަށާއި ޕާޓީ އުފެއްދުމުގެ އަމަލީ މަސައްކަތްތައް މިއަދު ފަށާނެ ކަމަށް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

އަލަށް އުފައްދާ ޕާޓީއާ ބެހޭ މައުލޫމާތު "އަދަދު" އާ ހިއްސާ ކުރައްވަމުން މަލީހު ވިދާޅުވީ ޕާޓީއަށް ކިޔާނެ ނަމެއް ފައިނަލް ކުރެވިފައިވާ ކަމަށާއި، އެ ނަން އިއުލާނު ކުރައްވާނީ ރައީސް ޔާމީން ކަމަށެވެ.

ޕާޓީ ހެދުމަށް ބޭނުންވާ ފޯމުތައް ފުރައި، ކުށުގެ ރެކޯޑު ސާފުކުރަން މިއަދު ތައްޔާރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[ޕާޓީގެ] އަސާސީ ގަވާއިދުގެ މަސައްކަތް ކުރިއަށް ދަނީ މިހާރުވެސް، ލޯގޯ ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" މަލީހު ވިދާޅުވި އެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓާވައިފައި މިވަނީ ޕީޕީއެމްއިން ކުއްލި ގޮތަކަށް ވަކިވެވަޑައިގަތުމަށްފަހު އެވެ. ޔާމީން ޕީޕީއެމް ދޫކޮށްލެއްވީ އާ ރައީސް މުއިއްޒު ހުވާކުރެއްވިތާ ބަރާބަރު ހަފުތާއެއް ފަހުންނެވެ.

އެމަނިކުފާނު ޕީޕީއެމްއިން ވަކިވެވަޑައިގެން ސަބަބު ބަޔާން ކޮށްދެއްވަމުން ރައީސް ޔާމީންގެ ލޯޔަރު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ޗެނެލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ނިންމުން ޔާމީން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ފޮޓޯފުޅު ވެރިކަމަށް އަންނަން ބޭނުންކުރި ކަމަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ހަނދާން ނުނެތޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

އޭގެއިތުރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށް ވެސް ޑރ. ޖަމީލް ތުހުމަތު ކުރެއްވި އެވެ.

ޔާމީންގެ ފަހަތްޕުޅުގައި އެތައް ބަޔަކު ތިއްބެވި ކަމަށާއި މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕިއެމަކީ ޕާޓީއެއް ނޫން ކަމަށާއި ޕާޓީ އޮތީ ހައިޖެކު ކޮށްފައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އަދި ޕީޕީއެމާ އެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ޔާމީން ނުދެއްވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން އެ ކޯލިޝަނުގެ އަސްލު ލީޑަރު ވަކިވުމާއެކު އެ ދެޕާޓީގެ އާންމު މެންބަރުންގެ މެދުގައި ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެއް ބަޔަކަށް ރައީސް މުއިއްޒު ރަނގަޅު ވާއިރު، އަނެއް ބަޔަކަށް ރައީސް ޔާމީން ގޯހެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕްރޮގުރެސިވް ކޯލިޝަން ތަމްސީލު ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވި ޖޮއިންޓު ސެނެޓު ބައްދަލުވުމާ ހަމައިން ރައީސް މުއިއްޒުއަށް ތާއީދު ކުރާ ފަރާތްތަކާއި ރައީސް ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދެން ފަށައިފަ އެވެ. ނުތަނަވަސްކަމުގެ ހުޅު ފަޅައިގެންދިޔައީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އިންތިހާބު ބޮއިކޮޓު ކުރަން ރައީސް ޔާމީން އެދިލެއްވި ހިސާބުންނެެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން މިހާރުގެ ރައީސް މުއިއްޒު ފޯމު ހުށަހެޅުއްވީ ވެސް ޕީޕީއެމްގެ ސެކްޓްރަރީ ޖެނެރަލް، މުހައްމަދު ތޮލާލްއާއި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއެކު އެކަނި ވަޑައިގެންނެވެ.

ވެރިކަން ލިބިވަޑައިގެންފި ނަމަ ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ވެގެންދިޔައިރު ރައީސް ޔާމީން އަދިވެސް ހުންނެވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 ޖަލު ހުކުމަށް ކުރީގެ ސަރުކާރުން ދެއްވި ލުޔާއެކު މާލެ ބަންދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox