މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން، އެ މިނިސްޓްރީގެ ގުދަންތަކަށް އިއްޔެ ޒިޔާރަތްކުރައްވައިފި އެވެ.
މިއީ އާންމު ގޮތެއްގައި މިނިސްޓަރުންގެ ފަރާތުން ފެންނަ މަންޒަރެއް ނޫނެވެ. ނަމަވެސް މި މަހުގެ 17 ވަނަ ދުވަހު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާން އިއްޔެ ވަނީ އޭނާގެ މިނިސްޓްރީގެ ދަށުގައި ހުރި ބައެއް އިމާރާތްތަކާއި ގުދަންތައް ބައްލަވާލައްވައިލައްވައިފަ އެވެ.
"ގުދަންތަކާއި މިނިސްޓްރީގެ އެންމެހާ އިމާރާތްތައް އަދި އޮފީސްތަކަށް މި ދަނީ އެތަންތަން ހުރި ހާލަތު ދެނެގަތުމާއި އެތަންތަން ބޭނުން ކުރާނެ އެންމެ އެކަށީގެންވާ ގޮތްތައް ކަނޑައެޅުމަށް. އަދި އެ ތަންތަންތާ ހުރި ބާވެ ނީލަން ކިޔަންޖެހޭ ސާމާނު އެގޮތަށް ކުރިޔަށް ގެންދަން،" މިނިސްޓަރު އިހުސާން "އަދަދު" ނޫހަށް ވިދާޅުވި އެވެ.
އިހުސާން އިއްޔެ ވަނީ ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރެއްވި އެވެ. އަދި ދޫނިދޫ އަށް ވެސް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ވެސް ބައްލަވައިލެއްވި އެވެ.













