"ޔާމީން ކޮމިޓީ" ގައި އިސްކޮށް ހުންނެވި މަލީހު ޕީޕީއެމްގެ ސެނެޓު ގްރޫޕުން ބޭރުކޮށްލައިފި

 ކުރީގެ ކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު : ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕްރެސް ބޭއްވުމުން އޭނާ ވަނީ ޕީޕީއެމްގެ ސެނެޓު ގްރޫޕުން ބޭރުކޮށްލާފަ - ފޮޓޯ: މަޖިލިސް އިދާރާ

ކުރީގެ ކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު : ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕްރެސް ބޭއްވުމުން އޭނާ ވަނީ ޕީޕީއެމްގެ ސެނެޓު ގްރޫޕުން ބޭރުކޮށްލާފަ - ފޮޓޯ: މަޖިލިސް އިދާރާ

ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، ޕީޕީއެމްގެ ސެނެޓު މެންބަރުން ތިބޭ ވަޓްސްއެޕު ގްރޫޕުން ބޭރުކޮށްފި އެވެ.

އެ ގްރޫޕުން މަލީހު ބޭރުކޮށްލިކަން ޕީޕީއެމް އިސް އޮފިޝަލަކު "އަދަދު" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި ރޭ ޕީޕީއެމް އޮފީހުގައި، މަލީހު އިސްވެ ހުންވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފު ބައްދަލުވުމެއް ކަމަށާއި އެ ކަން ޕާޓީގެ ލީޑަޝިޕަށް ވެސް އަންގާފައި ނުވާ ކަމަށެވެ.

އާންމުކޮށް ޕީޕީއެމުން ނޫސްވެރިންނާ ބައްދަލުކުރާނަމަ، އެކަން އެ ޕާޓީގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެ އެވެ. ނަމަވެސް, ރޭގެ ބައްދަލުވުމާ ބެހޭގޮތުން އެފަދަ އެއްވެސް މެސެޖެއް ހިއްސާ ނުކުރެ އެވެ.

މަލީހާއި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް , އައްބާސް އާދިލު ރިޒާ ހުންނަވައި ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން އެ ބައްދަލުވުން ފެއްޓެވީ ކޮން ހައިސިއްުޔަތަކުންތޯ "އަދަދު" އިން ސުވާލުކުރުމުން މަލީހު ސާފު ޖަވާބެއް ނުދެއްވަ އެވެ.

އޭގެ ފަހުން އެހެން ނޫސްވެރިއަކު ހަމަ އެ ސުވާލު ތަކުރާރުކުރުމުން އައްބާސް ވިދާޅުވީ އެ ބައްދަލުވުން ބާއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީއަކުން ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ބޭފުޅަކީ ޔާމީން ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ޕީއެންސީ އާއި އެ ޕާޓީ އާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރަން ޖެހޭ ކަމަށެވެ. އަދި، ޕާޓީގެ މެންބަރުން، ޕީއެންސީ ހިމެނޭހެން އެހެން ޕާޓީތަކާ ގުޅުން ހުއްޓާލުމަށް ގޮވާލާ، އާ ސަރުކާރުގައި ޔާމީނުގެ ބައިވެރިވުމާއި މަޝްވަރާ އިތުރުކުރުމަށް ވެސް ގޮވާލި އެވެ.

އޭގެއިތުރުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ދެވަނަ ދުވަހު އާންމުކުރި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާ މެދުވެސް "ޔާމީން ކޮމިޓީން" ވަނީ ސުވާލުއުފައްދާފަ އެވެ.

ހީނާ އިސްތިއުފާއެއް ނުދޭ، ތޮލާލް އުޒުރުވެރިއެއް ވެސް ނުވޭ

ޕީޕީއެެމްގެ ތަރުޖަމާނު ހީނާ ވަލީދު މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށާއި ސެކްރެޓަރީ ޖެނެރަލް މުހައްމަތު ތޮލާލު އުޒުރުވެރިވެވަޑައިގަންނަވާކަން އަންގާފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވި ނަމަވެސް ތޮލާލް އެކަން ދޮގު ކުރެއްވި އެވެ.

ތޮލާލް "އަދަދު" އަށް ވިދާޅުވީ ޕާޓީ ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާތައް އުފުއްލަވަން އުޒުވެރިވެވަޑައިގަންނަވާ ކަން ރައީސް ޔާމީނަށް އަންގަވާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު އުޒުރުވެރިއެއް ނުވަން. ޕާޓީގެ އެސްޖީކަން ނުކުރެވޭނެ ކަމަށް އަޅުގަނޑު ނުބުނަން. އެސްޖީގެ ހައިއްޔަތުން ކުރަން ވިދާޅުވި ކަމެއް ނޯންނާނެ ނުކޮށްފައެއް ވެސް. އެހެންވީމާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް އެ ދައްކަނީ،" ތޮލާސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ތަރުމާނުކަމުން ހީނާ ވަލީދު އިސްތިއުފާދެއްވި ކަމަށް އައްބާސް ވިދާޅުވި ނަމަވެސް އެއީ ވެސް ދޮގެއް ކަމަށް ތޮލާލް ވިދާޅުވި އެވެ. ޕީޕީއެމުން މީޑިއާއަށް މައުލޫމާތު ދޭ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިއަކު ސުވާލުކުރުމުން ހީނާ ވެސް ވިދާޅުވީ އިސްތިއުފާ ނުދެއްވާ ކަމަށެވެ.

ޕީޕީއެމްގައި އެންމެ އިސް ބޭފުޅުންގެ ގޮތުގައި މަސައްކަތް ކުރައްވަން (ގާނޫނީ ހުރަހެއް ނެތި) މިހާރު ތިއްބެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ތޮލާލް ވިދާޅުވި ގޮތުގައި ރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ އެ ދެބޭފުޅުންނަށް ވެސް ނާންގައި ބޭއްވި ބައްދަލުވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox