ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސިވިލް ސާވިސްގެ މަގާމުތަކަށް އިއުލާނު ކުރުމާއި ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމާއި މަގާމުގެ ކުރިއެރުން ދިނުމާއ ގުޅޭ މަސައްކަތްތައް މަޑުޖައްސައިލުމަށް އެންގި އެންގުން ސިވިލް ސާވިސް ކޮމިޝަނުން ނިމުމަކަށް ގެނެސްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާގައި ބުނީ ސިވިލް ސާވިސްގެ ވަޒީފާތަކާ ގުޅޭ މަސައްކަތްތައް ހުއްޓާލިއިރު، ވަޒީފާތަކަށް މީހުން ހޯދުމަށް އެކި މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކުން ކޮށްފައިވާ އިއުލާނުތަކަށް މީހުން ހޯދުމުގެ މަސައްކަތްތައް ދާއިރާގެ އިސްވެރިންގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިމަށް އެދޭ ކަމަށެވެ.
ސިވިލް ސާވިސްގެ ވަޒީފާތަކާ ގުޅޭ މަސައްކަތްތައް މަޑުޖައްސާލުމަށް ކޮމިޝަނުން އެންގީ މިދިޔަ އޮކްޓޫބަރު 8 ގަ އެވެ. އެގޮތަށް ކޮމިޝަނުން އަންގާފައި ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް އަމާންކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.












