ސަރުކާރަށް ގެއްލުންވާނެ ފަދަ ކަމެއް ރައީސް ޔާމީން ކުރައްވާނެ ކަމަށް ގަބޫލެއް ނުކުރަން: އަބްދުއްރަހީމް

ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިސަރު، އަބްދުއްރަހީމް އަބްދުﷲ  ފޮޓޯ: މިރާން ނާޝިމް / އަދަދު

ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިސަރު، އަބްދުއްރަހީމް އަބްދުﷲ ފޮޓޯ: މިރާން ނާޝިމް / އަދަދު

މި ސަރުކާރަށް ގެއްލުންވާނެ ފަދަ ކަމެއް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އަސްލު ލީޑަރު، ޔާމީން އަބްދުއްގައްޔޫމް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ކަމެއް ކުރައްވައފި ނަމަ، އެއީ ރައީސް ޔާމީން ވެސް އަމިއްލަ އެދުންފުޅު އިސް ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަލަށް އުފެދުނު ސަރުކާރާ ގުޅޭގޮތުން "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަކީ ރާއްޖޭގައި މިވަގުތު ހުންނެވި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ބޭފުޅާ ކަމަށާއި ލިބިވަޑައިގަނެފައި ހުރި ތަޖުރިބާގެ އަލީގައި އަމިއްލަ ޕާޓީގެ ކޯލިޝަނަށް ގެއްލުމެއް ލިބޭނެ ފަދަ ކަމެއް ޔާމީން ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ޔާމީން، ރައީސް ޔާމީން ނިސްބަތްވެލައްވާ ކޯލިޝަންގެ ވެރިކަމަށް ގެއްލުމެއް ވާނެފަދަ ކަމެއް ކުރައްވާނެ ކަމަކަށް، ކުރައްވައިފިއްޔާ އޭގެ މާނައަކީ ރައީސް ޔާމީނު ވެސް އަމިއްލަ އެދުމޭ އިސްކުރީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

Advertisement

ޕީޕީއެމްގެ ތެރޭގައި ޖެހުނު މައްސަލަތަކުގައި ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފާ ބޭބޭފުޅު، މައުމޫން އަބްދުލްގައްޔޫމް އާއި ޔާމީންއާ ދޭތެރޭގައި ކަންތައްތައް ހިނގައިދިޔަ ގޮތާއި ރައީސް ނަޝީދުއާއި އިބްރާހިމް މުހައްމަދު ސޯލިހުއާ ދެބޭފުޅުންގެ ދޭތެރޭގައި ކަންތައް ހިނގައިދިޔަ ގޮތް ވެސް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން، ޔާމީންއަކީ މައުމޫންގެ ސަރުކާރުގައި ވެސް 15 ވަރަކަށް އަހަރު މިނިސްޓަރު ކަން ކުރެއްވި ބޭފުޅެއްކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.

"މިވަރުގެ ތަޖުރިބާތަކެއް ހުރީމާ ރައީސް ޔާމީން އެވަރުގެ ގޯހެއް ހައްދަވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ރައީސް ޔާމީން އަޅުގަނޑަށް ފެންނަނީ މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރަށް ޔާމީންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވިއްކެވީ ވެސް ޔާމީންގެ ފޮޓޯފުޅެވެ. ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ވެސްމެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox