ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ އަމާޒަކީ ސަރުކާރުގެ ހިންގުން ހަލުވި ކުރުން

Nov 19, 2023, 2:02 AM
ގަޑިބުރު ހުޅުވުމުގެ ހަފުލާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން

ގަޑިބުރު ހުޅުވުމުގެ ހަފުލާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން

އަމާޒަކީ ކުރީ ސަރުކާރުން މަޑުމަޑުން ކުރަމުން އައި މަސައްކަތްތައް ބާރު ސްޕީޑަކަށް ބަދަލުކޮށް ސަރުކާރުގެ ކަންތައްތައް ވަރަށް ހަލުވި މިނެއްގައި ކުރިއަށްގެންދިއުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

މާފަންނު ގަޑިބުރުގައި ތަރައްގީކޮށް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ވަޒީރުންވެސް ތިއްބެވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި ތައްޔާރަށް ކަމަށާއި މި ސަރުކާރުން ރެޔާއި ދުވާލު އެގޮތަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އިންތިގާލީ ކޮމިޓީތަކުން ހޯދާފައި ހުރި މައުލޫމާތު ތަކުގެ އަލީގައި ހުރިހާ ވަޒީރުންވެސް މަސައްކަތްތައް ފަށައިގަންނާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެެވެ. މަޑުމަޑުން ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި މަސައްކަތްތަކުގެ ތެރޭގައި މާލެ މީހުންނަށް ގޯތި ދިނުމާއި ތިލަމާލެ ބްރިޖު، ގިރާވަރު ފަޅުގެ މަޝްރޫއު ހިމެނެ އެވެ.

"ދެން ފެނިގެންދާނީ ކައުންސިލުތައް ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކީގަ ހިނގަމުންދާ ތަން. އެގޮތުން މާލޭގައިވެސް އަޅުގަނޑުގެ މޭޔަރަކަށް ހުރިއިރު ހުއްދަ ނުދިން، ރައްޔިތުން އެދިފައި ހުރި ހުރިހާ މަޝްރޫއެއް ވެސް ދެން ބާރު ސްޕީޑުގައި ހިނގަމުންދާނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތްތަކުގެ ތެރޭގައި ހާއްސަކޮށް މާލޭގައި ހަދަން ސިޓީ ކައުންސިލުން ޕްލޭން ކޮށްފައިހުރި ޕާކިން ބިލްޑިންތަކުގެ މަޝްރޫއު ހިމެނޭ ކަމަށެވެ. އެ މަޝްރޫއު ކުރިޔަށް ގެންދަން ފުރުސަތު ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މާލޭގެ މަގު ހެދުމުގެ މަޝްރޫއު ވެސް ދެން ފެށިގެންދާނެ ކަމަށާއި އެކަން ކުރުމަށްޓަކައި ބަޖެޓުގައިވެސް ޖާގަ އުފައްދާފައިވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުތައް ކުރިއަށްގެންދަން ރާވާފައިވަަނީ ބޭރުގެ އެހީތެރިކަން ހޯދައިގެން ކަމަށާއި މާލޭގައި ހުރި އެފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

މާފަންނު ގަޑިބުރު އަލުން ތައްޔާރުކޮށް ރޭ ވަނީ ރަސްމީކޮށް ހުޅުވާފައި. -- ފޮޓޯ: އަބްދުﷲ އިޔާން
މާފަންނު ގަޑިބުރު އަލުން ތައްޔާރުކޮށް ރޭ ވަނީ ރަސްމީކޮށް ހުޅުވާފައި. -- ފޮޓޯ: އަބްދުﷲ އިޔާން

މާފަންނު ގަޑިބުރު އަލުން ތައްޔާރުކޮށް ރޭ ވަނީ ރަސްމީކޮށް ހުޅުވާފައި. -- ފޮޓޯ: އަބްދުﷲ އިޔާން

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox