އެންމެ މޮޅަށް ސިޓީ ލިޔާ މީހާ ހޮވަން ޕީޖީ އޮފީހުން މުބާރާތެއް ބާއްވަނީ

Nov 18, 2023, 12:03 PM
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި: އެ އޮފީހުން ބާއްވަނީ ތަފާތު މުބާރާތެއް. --އަދަދު ފައިލް ފޮޓޯ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި: އެ އޮފީހުން ބާއްވަނީ ތަފާތު މުބާރާތެއް. --އަދަދު ފައިލް ފޮޓޯ

ދިވެހިރާއްޖޭން އެންމެ މޮޅަށް ސިޓީ ލިޔާ މީހާ ހޮވުމަށްޓަކައި، ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތައްޓަށް ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތެއް ބާއްވަން އެ އޮފީހުން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އަދަބީ ފަންނެއް ކަމަށްވާ ސިޓީ ލިޔުމުގެ މުބާރާތްތައް ބައެއް ސްކޫލްތަކުގެ އަދަބީ ދުވަސްތަކުގައި ބޭއްވި ނަމަވެސް ގައުމީ ފެންވަރުގައި މިފަދަ މުބާރާތެއް ބާއްވާފައެއް ނުވެ އެވެ.

ކުރީގައި ރަސްމީ ކަންކަމުގައި ވެރިންނަށާއި، އަމިއްލަ ކަންކަމުގައި ދަންނަ މީހުންނަށް އަދި ނޫސްތަކަށް ހިޔާލުފާލުކުރުމުގެ ގޮތުން، ފަށުވި އިބާރާތްތަކުން ސިޓީ ލިޔުމަކީ އާއްމު ކަމެކެވެ. އޭރު އަގަށް ސިޓީ ލިޔެދޭ މީހުން އުޅެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މި މުބާރާތުގެ މަގުސަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ އިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަގާފަތެއް އުފެއްދުން ކަމަށެވެ.

އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އި އިދާރާގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމުކުރާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް ވެސް އޮންނާނެ ކަމަށެވެ. އެގޮތުން އީފާސް މެދުވެރިކޮށް އެ އޮފީހުގެ އޮންލައިން ޕޯޓަލަށް ވަދެ، މުބާރާތަށް ހާއްސަ ޓެބަށް ފިތާލުމުން ރަޖިސްޓަރީވެވޭނެ ކަމަށް ވެސް ބުންޏެވެ.

"މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓަރީވެފައިވާ މީހުންނަށް، ސިޓީ ނޯޓެއް ފޮނުވާނަމެވެ. އެސިޓީ ނޯޓުގައި އޮތް ސިޓީ (އަތުން ކަރުދާސް ގަނޑެއްގައި) ލިޔެ، ފޮޓޯއެއް ނަގައި، ޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީ އެވެ،"

ސިޓީ ނޯޓުގައި ސިޓީ ލިޔަން ޖެހޭ މައުލޫ އޮންނާނެ އެވެ. މައުލޫތަކުގެ ތެރޭގައި "ޝަރީއަތް ނުނިމިގެން ހިތްހަމަނުޖެހުން ފާޅުކުރުން" އަދި "ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް އޮފީހުގެ ހިންގުން ބަދަލުކުރަން ވެރިޔާ އަށް އެދުން" ފަދަ ތަފާތު މައުލޫތައް ހިމެނޭނެ އެވެ.

މުބާރާތަށް ސާޅީހަކަށް މައުލޫ ކަނޑައަޅާފައިވާއިރު، އެ މީހަކު ލިޔަން ޖެހޭ މައުލޫ ކަނޑައެޅިގެންދާނީ އޮޓޯ ޕްރޮސެސްއަކުންނެވެ.

"މިއީ އެންމެ މޮޅަށް ސިޓީ ލިޔާ މީހާ ހޯދަން ބާއްވާ މުބާރާތެއް،" ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒް ހުސެއިމް ޝަމީމް "އަދަދު" އަށް ވިދާޅުވި އެވެ. "އޮފީހަށް ވެސް ބޭނުންވޭ އެފަދަ މީހުން."

މުބާރާތުގައި ވަކިވަކި ފަރުދުންގެ ގޮތުން ބައިވެރިވި ނަމަވެސ. އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާ އެކު ރަޖިސްޓަރީވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ވަނަ ވަނަ އަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު ފަސް ސިޓީގެ މާކްސްއަށް ބަލައިގެންނެވެ.

މުބާރާތުގެ ތަށި މިލްކުވާނީ ތިން އަހަރު ކާމިޔާބުކުރުމުންނެވެ.

މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ:

  • 1 ވަނަ: 3000 ރުފިޔާ، ހަނދާނީ ލިޔުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި
  • 2 ވަނަ: 1500 ރުފިޔާ އަދި ހަނދާނީ ލިޔުން
  • 3 ވަނަ: 1000 ރުފިޔާ އަދި ހަނދާނީ ލިޔުން
  • 1 ވަމަ އޮފީސް: ހަނދާނީ ލިޔުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި
  • 2 ވަނަ އޮފީސް: ހަނދާނީ ލިޔުން
  • 3 ވަނަ އޮފީސް: ހަނދާނީ ލިޔުން

މީގެ އިތުރުން އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީހަކަށް ހަނދާނީ ލިޔުމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox