އުތުރާއި ދެކުނުގައި އިންޓަގްރޭޓަޑް ތަރައްގީގެ ޒޯން، އަދި ހަތް އާބަން ސެންޓަރު ތަރައްގީކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ތަރައްގީގެ ޕްލޭން ރާވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީ ކަމަށް ވިދާޅުވި --- ފޮޓޯ/އަބްދުﷲ އިޔާން

ރައީސް ޑރ. މުހައްމަދު މުއިއްޒު: ތަރައްގީގެ ޕްލޭން ރާވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީ ކަމަށް ވިދާޅުވި --- ފޮޓޯ/އަބްދުﷲ އިޔާން

އުތުރާއި ދެކުނުގައި އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި ހަތް ސަރަހައްދެއްގައި އުމްރާނީ ބިނާވެށީގެ ހަތް ބިނާވެށި (އާބަން ސެންޓަރު) ތަރައްގީކުރަން ރާވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ތަގުރީގައި، ރާއްޖޭގެ ތަރައްގީއަށް އެމަނިކުފާނު ގެންގުޅުއްވާ ޕްލޭން ހިއްސާކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށާއި ތަރައްގީގެ މަސައްކަތް ކުރިއަށް ދާނީ އެ ވިސްނުމުގެ ތެރެއިން ކަމަށެވެ.

"އެއީ ސަރަހައްދީ ތަރައްގީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ އާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފްހޫމެއް. އެކަމަށްޓަކައި މެދު ރާސްތާގެ އަމާޒުތަކަކާއި ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅާލެވޭނެ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީގެ ޕްލޭން އެކުލަވާލާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީ އެވެ. މިކަމުގައި އިލްމީ އަދި ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުންގެ ދިރާސާތަކާއި ތަޖުރިބާއިން ސަރުކާރަށް އެހީތެރިވެދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

"ބޭނުމަކީ ދިވެހި ރައްޔިތުންގެ ހުވަފެންތަކާއި ތަސައްވުރުތަކުގެ އެހީގައި ރައްޔިތުންގެ އެދޭ ގޮތަށް ދިވެހިރާއްޖޭގެ މުސްތަގުބަލު ކުރަހާ ބައްޓަންކުރުން" އެމަނިކުފާނު ވިދާޅުވި އެވެ.

މިގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ މާސްޓާޕްލޭން އެކުލަވާލާނީ މި ހިޔާލަތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވެފަ އެވެ. އަދި މި މާސްޓާޕްލޭނަށް ގާނޫނީ ބާރުވެރިކަން ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުގައި ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ ހދ. ކުޅުދުއްފުއްޓެވެ. އަދި ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްގީގެ ޒޯނުގައި، މައި ހަބަކީ އައްޑޫ ސިޓީ އެވެ.

ހަތް އާބަން ސެންޓަރު ތަރައްގީ ކުރަނީ މާލޭން އުތުރުގައި ތިނެއް އަދި ދެކުނުގައި ހަތަރު ބިނާވެއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox