ރައީސް ސޯލިހު ދެއްކެވި ލާމަސީލު ލީޑާޝިޕް ތާރީހުގައި ރަން އަކުރުން ލިޔެވޭނެ: އަސްލަމް

ރައީސް ސޯލިހު އަސްލަމްއާ ސަލާމް ކުރައްވަނީ. އެމަނިކުފާނުގެ ރަނިން މޭޓަކަށް ވެސް ހުންނެވީ މިފަހަރުގެ އިންތިހާބުގައި އަސްލަމް --- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އަސްލަމްއާ ސަލާމް ކުރައްވަނީ. އެމަނިކުފާނުގެ ރަނިން މޭޓަކަށް ވެސް ހުންނެވީ މިފަހަރުގެ އިންތިހާބުގައި އަސްލަމް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ވެރިކަން ކުރެއްވި ފަސް އަހަރުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވީ ލާމަސީލު ލީޑާޝިޕެއް ކަމަށާއި އެކަން ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. މުހައްމަދު މުއިއްޒު ވަނި ވެރިކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގަނެފަ އެވެ. އެ ރަސްމިއްޔާތަށް ރައީސް ސޯލިހުގެ ދެކަނބަލުން ވެސް ވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި އަސްލަމް ވަނީ ރައީސް ސޯލިހުގެ ހިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

"ހާއްސަ ގޮތެއްގައި ދިވެހި ރައްޔިތުން ކުރިން ތަޖުރިބާކުރި ބިރުވެރިކަމާއި ތަހައްމަލު ކުރި ހަމަނުޖެހުމުން މިންޖުކޮށް، ދިވެހި ރައްޔިތުންނަށް ހަމަޖެހުން ގެނެސް ދެއްވި. އަދި ކޮވިޑުގެ ހާލަތުން އަރައިގަތުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ލާމަސީލު ލީޑަޝިޕް ވަކިން ހާއްސަ ގޮތެއްގައި ފާހަގަކުރަން," އަސްލަމް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގުތިސާދަށާއި އުމްރީ ތަރައްގީއަށް އެ ސަރުކާރުން ގެނެސްދިން ބޮޑު ބަދަލު، ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަން,"

ވެރިކަން ބަދަލުވުމުގެ މަރުހަލާ މިހާ އޮމާން ކަމާއެކު ކުރިއަށްދިޔުމާ ގުޅިގެން އެކަން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ. އަސްލަމް ވިދާޅުވި ގޮތުގައި މިއީ ޑިމޮކްރަސީ ފުރިހަމަވެ ފައްކާވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"ފެހި ގާނޫނު އަސާސީއާއެކު ގެނެސްދިން ފޮނިމީރުކަން މިރޭ އިހުސާސް ވެގެން މިދަނީ، ހަލަބޮލިކަމުން މިންޖުވެ، ހަމަޖެހުމުގެ ފަސް އަހަރުގެ ދައުރަކަށް ފަހު، ވެރިކަމުގެ ބާރުތައް ވެސް ހަލަބޮލިކަމެއް ނެތި އޮމާންކަމާއެކު ބަދަލުވެގެން ދާތީ," އަސްލަމް ވިދާޅުވި އެވެ.

އެއް ވެރިކަމަކަށް ފަހު އަނެއް ވެރިކަމެއް އައިސް ބަދަލުވެ ދިޔުމަކީ ޑިމޮކްރަސީ އާއި ޖުމްހޫރިއްޔަތުގެ ތަބީއަތް ކަމަށާއި ބަދަލު ނުވާންވީ ކަމަކީ ޑިމޮކްރަސީގެ ރީތި ސިފަތަކާއި ރައްޔިތުންގެ ލާބައަށް ދައުލަތުގެ ބާރުތައް ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމްއަކީ ރައީސް ސޯލިހުއާ އެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ސޯލިހުގެ ފަޅީގައި ގަދަކޮށް ހުންނެވި ބޭފުޅެކެވެ. އަދި, ސެޕްޓެމްބަރުގައި ބޭއްވި އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ވެސް ހުންނެވީ އަސްލަމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox