މުއިއްޒުގެ ފުރަތަމަ 100 ދުވަސް: 172 ވައުދު، 250 މިލިއަން ރުފިޔާ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

ހުކުރު ދުވަހު ޖުމްހޫރީ މައިދާގައި ބާއްވާ ރަސްމިއްޔާތުގައި، ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން (ހަފުތާ 14) ގައި 172 މަޝްރޫއެއް ހިމަނައި، އެކަމަށް 250 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބުނެފި އެވެ.

ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނެރުނު މި ޕްލޭނު ބަހާލާފައި ވަނީ އަށް ބަޔަކަށެވެ. އެއީ،

  1. މިނިވަންކަމާއި ސިޔާދަތު
  2. އިސްލާމްދީނާއި ގައުމިއްޔަތު
  3. ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ
  4. އިގުތިސޯދާއި ތިމާވެށި
  5. އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު
  6. ސީއްހީ ދުޅަހެޔޮ ކަމާއި އޯގާތެރި މުޖުތަމައު
  7. ތައުލީމާއި ތަމްރީން
  8. ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު

މި ޕްލޭނުގައި އިސްކަން ދީފައިވާ ކަންކަމަށް ބަލާއިރު ބޯހިޔާވަހިކަމާއި އިގުތިސޯދާއި ތިމާވެށީގެ އިތުރުން ސިއްހީ ދުޅަހެޔޮ ކަން ހިމެނެ އެވެ.

ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރައްވައި 150 އަށް ވުރެ ގިނަ ރަށަށް ޒިޔާރަތް ކުރެއްވި މުއިއްޒު އެންމެ ބޮޑަށް ވިއްކެވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމާއި، އިންޑިއާ ސިފައިން ރާއްޖޭން ބޭލުމެވެ. އެހެންވެ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އިންޑިއާ ސިފައިން ބޭރުކުރުމުގެ މަސައްކަތް ފަށަން ނިންމަވާފައިވެ އެވެ.

އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީން އޭރުކުރި މުޒާހަރާގައި އެ ކޯލިޝަންގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން "އިންޑިއާ އައުޓު" ޖަހާފައިވާ ޓީޝާޓު ލައިގެން ހިންގަވާފައި އަންނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީން އޭރުކުރި މުޒާހަރާގައި އެ ކޯލިޝަންގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން "އިންޑިއާ އައުޓު" ޖަހާފައިވާ ޓީޝާޓު ލައިގެން ހިންގަވާފައި އަންނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީން އޭރުކުރި މުޒާހަރާގައި އެ ކޯލިޝަންގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން "އިންޑިއާ އައުޓު" ޖަހާފައިވާ ޓީޝާޓު ލައިގެން ހިންގަވާފައި އަންނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން

މިނިވަންކަމާއި ސިޔާދަތު ދާއިރާއިން ތިން ކަމެއް ކުރައްވަން ހިމަނާފައިވާއިރު، މުޅިން ވެސް ހުރީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި އާއި އޭގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީން ކަންބޮޑުވުން ފާޅުކުރަމުން އައި އިންޑިއާ ސިފައިންގެ މައްސަލަ އާއި ޗާގޯސް މައްސަލަ އެވެ. އެގޮތުން ވައުދުވީ:

  • ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން
  • ސަރުކާރުން އެހެން ގައުމުތަކަކާ އެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގޭ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފަށަން
  • ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުން

ތަރިކައިގެ ކޮލެޖުގެ މަސައްކަތް ފެށުމާއި ތަރިކަ ދިރާސާކުރާ މަރުކަޒު ގާއިމްކުރުން

އިސްލާމްދީނާއި ގައުމިއްޔަތުގެ ދާއިރާއިން ހަތް ކަމެއް ކުރަން ހިމަނުއްވާފައިވާއިރު، މިސްކިތްތަކުގެ އާބާތުރަ ކުރުމުގެ ބަޖެޓު ތިން ގުނަ ކުރުމާއި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށުން އޭގެ ތެރޭގައި ހިމެނެ އެވެ. އޭގެ އިތުރުން ފާހަގަކޮށްލެވެނީ:

  • ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު ގާއިމުކުރުން
  • ދިވެހި ގައުމީ ތަރިކައިގެ ކޮލެޖު ގާއިމުކުރުމުގެ މަސައްކަތް ފެށުން
  • ދިވެހިރާއްޖޭގެ ގައުމީ ޗާޕުހާނާގެ މަސައްކަތް ފެށުން

ސޯޝަލް ހައުސިން ފްލެޓުތަކާއި ރޯހައުސްތަކުގެ ކުލި ކުޑަކުރުން

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީގެ ދާއިރާއެން 23 ކަމެއް ކުރަން ހިމަނާފައިވާއިރު، އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓުތަކާއި ރޯހައުސްތަކުގެ ކުލި ކުޑަކުރުމާއި ފުށިދިއްގަރު ފަޅު ހިއްކަން ފެށުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއީ ތިލަމާލެ ބުރިޖުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭ ވައުދުތައް ހިމެނެ އެވެ.

މުއިއްޒު އެންމެ ގިނަ ވައުދުތައް ވެވަޑައިގެންފައި ވަނީ މި ދާއިރާއިންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އިތުރު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ލޭންޑް ޔޫސް ޕްލޭން ނުހެދި ހުރި ރަށްތަކުގެ ކައުންސިލުތަކަށް އެކަން ކުރަން އެހީތެރިވެ ދިނުން
  • ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް ރާއްޖޭގެ ތަރައްގީގެ މާސްޓާޕްލޭން އެކުލަވާލުން
  • ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބި ހުރި ރަށްރަށުގެ މަސައްކަތްތައް ނިންމާލުން
  • އައްޑޫ ބުރިޖަށް ބޭނުންވާ މަސައްކަތް ފެށުން
  • ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރުން

އެސްޑީއެފް ފަންޑަށް ގާނޫނެއް، ފައިސާ ޗާޕުކުރުން ހުއްޓާލުން

އިގުތިސާދާއި ތިމާވެށީގެ ދާއިރާއިން 21 ވައުދެއް ވެފައިވާއިރު، އެސްޑީއެފް ފަންޑަށް އަލުން ޑޮލަރު ޖަމާކުރުމާއި ގާނޫނެއް އެކުލަވާލުމާއި ފައިސާ ޗާޕުކުރުން ހުއްޓާލުން ހިމެނެ އެވެ. އަދި އައްޑޫއަށް ހާއްސަ "އައްސޭރި ޓޫރިޒަމް" މަޝްރޫއާއި މަސްވެރިކަމުގެ ދާއިރާ މާކެޓުކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ އިތުރުން ސަރުކާރު ކުންފުނިތައް ފައިދާވާ ކުންފުނިތަކަށް ހެދުމުގެ ސިިޔާސަތު އެކުލަވާލުން ފާހަގަކޮށްލެވެ އެވެ.

އޭގެ އިިތުރުން މި ދާއިރާއިން ކުރަން ރާވާފައިވާ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އިގުތިސާދާއި މާލިއްޔަތަށް ބުރޫނާރާނެ ދަރަނީގެ ސިޔާސަތެއް އިއުލާންކުރުން
  • ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  • އެންމެނަށް ވަޒީފާގެ ސިޔާސަތު ތައާރަފުކުރުން
  • މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުން
  • މަސްވެރިންނާއި ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފުތަރު އެކުލަވާލުން
  • ގައުމީ އެއާލައިނުން ވައިޑް ބޮޑީ އެއާކްރާފްޓް ތައާރަފުކުރުމުގެ މަސައްކަތް ފެށުން
  • ޓްރެވަލް އެޖެންސީ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން

އަންހެނުންނަށް 100 މިލިއަންގެ ވިޔަފާރި ލޯނު، އޮންލައިން ވިޔަފާރިއަށް ގާނޫނީ ހައްލު

އަންހެނުން، ޒުވާނުން، ފަންނިއްޔާތު، އަދި ކުޅިވަރުގެ ދާއިރާއިން 16 ވައުދެއްވެފައިވާއިރު، ސަރުކާރު ކުންފުނިތަކުގެ މަތީފަޑީގައި އަންހެނުން ގިނަ ކުރުމާއި އަންހެނުންނަށް ހާއްސަ 100 މިލިއަން ރުފިޔާގެ ސްޓާޓްއަޕް ލޯން ސްކީމެއް ތައާރަފުކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތާއި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ލިބިގަތުމަށް ހުރި ގާނޫނީ ހުރަސްތަކަށް ގާނޫނީ ހައްލު ހޯދައި ދިނުމުގެ މަސައްކަތް ފެށުން ފާހަގަކޮށްލެވެ އެވެ. އިތުރަށް ފާހަގަކޮށްލެވޭ ވައުދުތަކަކީ:

  • އަންހެނުންގެ އުފެއްދުންތަކަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައެޅުން
  • އަންހެން މުވައްޒަފުން ރައްކާތެރިކުރުމަށް ގާނޫނީ އޮނިގަނޑު އިސްލާހުކުރުން
  • ކޯޑިން ދާއިރާއިން ފުރުސަތު ތަނަވަސްކޮށްދިނުމުގެ ޕްލޭނެއް އެކުލަވާލުން
  • އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖައްސައިދޭން މަސައްކަތް ކުރުން
  • ކުޅިވަރު އެސޯސިއޭޝަންތަކަށް ހާއްސަ "ފިޓް މޯލްޑިވްސް" ޕޯޓަލް ގާއިމްކުރުން

ހިލޭ ބޯންމެރޯ ފަރުވާ، އައިވީއެފްއަށް އާސަންދަ

ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައުގެ ދާއިރާއިން 17 ވައުދެއްވެފައިވާއިރު، އައިވީއެފް އާއި އެންޑޮމެޓްރިއޯސިސް އާއި ޕީސީއޯއެސްއަށް އާސަންދަ ފަރުވާ ދިނުމާއި ނަފްސާނި ފަރުވާގެ 24 ގަޑިއިރުގެ ހެލްފްލައިން ގާއިމުކުރުން ހިމެނެ އެވެ. އަދި އާސަންދަ މެދުވެރިކޮށް ދިވެހި ކޮންމެ ރައްޔިތަކަށް މެޑިކަލް ޗެކަޕް ހެދޭނެ މަގުފަހިކޮށްދިނުން ހިމެނެ އެވެ. އޭގެ އިތުރުން ފާހަގަކޮށްލެވޭ ވައުދުތަކަކީ:

  • އޭޓީއެމް ނެތް ރަށްރަށުގައި އޭޓީއެމް ގާއިމްކުރުމުގެ ޕްލޭން އެކުލަވާލުން
  • ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުން
  • 1000 ފަގީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ސިޔާސަތު އިއުލާންކުރުން
  • 65 އަހަރުން މަތީގެ މީހުންނަށް ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ދިނުން
  • ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އެކުލަވާލުން

ގައުމިއްޔަތަށް ހާއްސަ މާއްދާ އާއި ރިސާޗް ގްރާންޓް ފަންޑް ގާއިމްކުރުން

ތައުލީމާއި ތަމްރީންގެ ދާއިރާއިން އަށް ވައުދެއް ވެފައިވާއިރު، ދިވެހި ގައުމިއްޔަތަށް ހާއްސަ މާއްދާއަކާއި އިހުތިރާމުކުރުމުގެ އާދަ އަލުން އަށަގެންނެވުމަށް ގައުމީ މަންހަޖު އިސްލާހުކުރުމާއި ރިސާޗް ފަންޑެއް ގާއިމްކުރުން ހިމެނެ އެވެ. އޭގެ އިތުރުން ފާހަގަކޮށްލެވެނީ:

  • އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ފެށުން
  • ރަށްރަށުގައި ދަނާލުތައް ބިނާކުރުމުގެ މަޝްރޫއެއް ފެށުން
  • ކުރެހުމާއި ފަންނުވެރިކަން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް އެކުލަވާލުން

ލާމަރުކަޒީ ވުޒާރާ އާއި ކަފާލާތުގެ ބިލާއި އެއްވެއުޅުމުގެ ގާނޫނު އިސްލާހުކުރުން

ސަރުކާރުގެ ސިޔާސަތާއި ގާނޫނި އިސްލާހުގެ ދާއިރާއިން 12 ވައުދެއް ވެފައިވާއިރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވުޒާރާ ވަކިކޮށްލުމާއި ކުޅިވަރަށް ހާއްސަ ވުޒާރާއެއް އުފެއްދުމާއި އެއްވެއުޅުމުގެ ގާނޫނު އިސްލާހު ކުރުމާއި ކަފާލާތުގެ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ހިމެނެ އެވެ. އޭގެ އިތުރުން ދެން ފާހަގަކޮށްލެވޭ ވައުދުތަކަކީ:

  • ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުން
  • ލާމަރުކަޒީ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަ ވުޒާރާއެއް
  • ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއެއް އުފެއްދުން
  • އިސްލާމީ މުހިންމު މުނާސަބަތުތައް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖެއްސުން

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox