ލަމްހާގެ ފައިގައި ޓެގު އަޅުވާފައި ދޫކޮށްލަން އެދިއްޖެ

ހަލީމަތު ލަމްހާ; ލަމްހާގެ ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްދޭން އޭނާގެ ވަކީލުން އެދިއްޖެ

ހަލީމަތު ލަމްހާ; ލަމްހާގެ ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްދޭން އޭނާގެ ވަކީލުން އެދިއްޖެ

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާގެ ފައިގައި ޓެގު އެޅުވުމަށް ފަހު އޭނާ ދޫކޮށްލަން ވަކީލުން އެދިއްޖެ އެވެ.

މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ އުފުލީ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތީން، ބަންދު މުރާޖައާ ކޮށްދިނުމަށް ލަމްހާގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ. މީގެ ކުރިން ވެސް ޝަރުތުތަކެއް ކުރުމަށް ފަހު ލަމްހާ ދޫކޮށްލަން އެދުމުން، ޝަރީއަތުން ނިންމާފައިވަނީ ލަމްހާގެ ބަންދު ދެމެހެއްޓުމަށެވެ.

ބަންދާ މެދު އެންމެ ފަހުން ގޮތެއް ނިންމިތާ ފަސް މަސް ދުވަސް ފަހުން ބަންދު މުރާޖައާ ކުރުމަށް ހުށަހަޅާފައި އޮތުމުން، އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީން އެދިވަޑައިގަތީ ޓެގު އެޅުމަށް ފަހު އޭނާ ދޫކޮށްލުމަށެވެ.

ލަމްހާއަކީ ކުށުގެ ރެކޯޑެއް މީގެ ކުރިން އޮތް މީހަކަށް ނުވެފައި، ނަމަވެސް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތު އޮތް މީހަކަށް ވާތީވެ، މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ބެލެވޭނަމަ، ޓެގު އަޅުވާފައި އޭނާ ހުންނަ ތަން ބެލޭނެ ގޮތަށް ދޫކޮށްލެވެން ވާނެ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.

ބަންދާ މެދު ގާޒީ މިއަދު ގޮތެއް ނުނިންމަވަ އެވެ. ދެން އަންނަ އަޑުއެހުމެއްގެ ކުރިއަށް، ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވި އެވެ.

ކްރައިމް ސީންގެ ފޮޓޯ ނެގުމުގެ ކުރިން ބޭސްތައް ނެގި މައްސަލައެއް

ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. ދައުލަތުން ހެކިބަސް ނެގުމަށް، ޝަފައީ ހެކިންގެ ގޮތުގައި 74 ހެއްކެއް ހުށަހަޅާފައިވެ އެވެ. އަދިވެސް ބާކީ 40 އެއްހާ ހެކިންގެ ހެކިބަސް ނުނެގި އެބަވެ އެވެ.

ިމިއަދު ޝަރީއަށް ހާޒިރުކޮށް ހެކިބަސް ނެގީ ތިން ހެކިވެރިޔެއްގެ ހެކިބަހެވެ. އެއިން ދެ ހެކިވެރިންނަކީ ފުލުހުންގެ ހިދުމަތުގައި "ސީން އޮފް ކްރައިމް އޮފިސަރު" ގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހުނެވެ.

އެއިން އެއް ހެކިވެރިޔަކީ، ލަމްހާގެ ގެއިން ފެނުނު ބޭސްތަކުގެ ފޮޓޯ ނެގި އޮފިސަރެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެއީ އައިޖީއެމްއެޗުން "ވަގަށް" ގެންގޮސްފައިވާ ތަކެއްޗެވެ.

ހެކިވެރިޔާ ޝަރީއަތަށް ކިޔައިދިން ގޮތުގައި، އޭނާ ކުށުގެ ވެއްޓަށް ދިޔަ ވަގުތު އެ ތަނަށް ހާޒިރުވެ ތިބި ފުލުހުން ވަނީ މޭޒުމަތިން ބައެއް ބޭސްތައް ނަގައި "އެވިޑެންސް ބޭގް" އަށް ލައިފަ އެވެ.

ދެން ފަހުން ދަބަހުން ބޭސްތައް ނަގައި މޭޒު މަތީގައި ބެހެއްޓި ކަމަށް ހެކިވެރިޔާ ބުންޏެވެ.

ގާތްގަނޑަކަށް 70 އެއްހާ ފޮޓޯ ކްރައިމް ސީންގެ ރިޕޯޓުގައި ހިމަނާފައިވާ އިރު "އެވިޑެންސް ބޭގް" ގެ ފޮޓޯއެއް އޭގައި ނެތެވެ. އެކަމާ ގުޅިގެން ޝަރީއަތުން ވެސް ވަނީ ހެކިވެރިޔާއާ ސުވާލުކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ފޮޓޯތައް ނެގީ ދަބަހުން ބޭސްތައް ނެގުމަށް ފަހު، މޭޒު މަތީގައި އެ ބޭސްތައް ބެހެއްޓުމަށް ފަހު އެވެ. ފޮޓޯ ނަގަން އެއިރު ވިސްނާފައި އޮތީ އެ ގޮތަށް ކަމަށް އޮފިސަރު ބުންޏެވެ.

މައްސަލައިގެ ފަސްފަހަތް؛

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.

އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox