ކްރިމިނަލް ކޯޓުން ފަލަސްތީނަށް އެހީވުމަށް ހިންގި ހަރަކާތުން ލިބުނު ފައިސާ ރެޑް ކްރެސެންޓާއި ހަވާލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު ކްލަބުން އިންތިޒާމުކޮށްގެން ހިންގި ފަންޑްރެއިޒިން ހަރަކާތުން 80،528ރ. ލިބިފައިވާ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.
އެ ކްލަބުން ވަނީ ނިމުނު ހަފްތާ ބަންދުގައި ހުޅުމާލެ ފޭސް އެކެއް ރުއްގަނޑު ސަރަހައްދުގައި ފައިސާ ހޯދުމަށް ހަރަކާތްތަކެއް ހިންގާފަ އެވެ. އަދި, ކްރިމިނަލް ކޯޓުގައި ވެސް ފަންޑު ފޮށްޓެއް ވެސް ބަހައްޓާފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ކްލަބަކީ މިދިޔަ އޮގަސްޓު މަހު ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެކެވެ. މިއީ ރާއްޖޭގެ ކޯޓަކުން ރަޖިސްޓްރީކޮށްގެން ހިންގާ ފުރަތަމަ ކްލަބެވެ.












