ހާރިޖީ ހިދުމަތުގެ އެންމެ މަތީ ދަރަޖަ ހަލީލާއި ސީވީޑް ލަތީފަށް

ރައީސް ސޯލިހާއި މިއަދު ހާރިޖީ ހިދުމަތުގެ އެންމެ މަތީ ދަރަޖަ އެރުވި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހާއި މިއަދު ހާރިޖީ ހިދުމަތުގެ އެންމެ މަތީ ދަރަޖަ އެރުވި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް -- ފޮޓޯ: ރައީސް އޮފީސް

ދެބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތީ ދަރަޖަ އަރުވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އެރުވި ދެބޭފުޅުންނަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އާއި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް (ސީވީޑް ލަތީފް) އެވެ. މިއީ ހާރިޖީ ހިދުމަތުގެ މަތީ ދަރަޖަ އަރުވާ ފުރަތަމަ ފަހަރެވެ.

ދެބޭފުޅަކަށް ހާރިޖީ ހިދުމަތުގެ މަތީ ދަރަޖަ ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މި ޝަރަފު ދެއްވުމުގެ މައިގަނޑު މަގުސަދަކީ ހާރިޖީ ހިދުމަތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމާއި، އެ ދާއިރާއަށް މީހުންގެ ޝައުގު އޮންނަ މިންވަރު އިތުރުކުރުން ކަމަށެވެ.

މިއަދު ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އެރުވި އަހުމަދު ހަލީލް އަކީ ހާރިޖީ ދާއިރާގައި 41 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ހަލީލް ހާރިޖީ ދާއިރާއަށް ހިދުމަތް ކުރަން ފެއްޓެވީ، 22 ޑިސެންބަރު 1981 ގައެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ ވަޒީފާ އެވެ. އޭގެ ފަހުން އ.ދ ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގަ އެވެ. މިގޮތުން، ނިއުޔޯކްގެ ދާއިމީ މިޝަންގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހަލީލް ހިދުމަތް ކުރެއްވި އެވެ.

ހަލީލް އަކީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމުވެސް 7 އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަގާމަށް، 3 އޮކްޓޫބަރު 2016 ގައި އަހުމަދު ހަލީލް ހަމަޖެއްސެވި އެވެ. މިހާރު އަދާކުރައްވާ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 22 ނޮވެންބަރު 2018 ގަ އެވެ.

އަހުމަދު ލަތީފް.
އަހުމަދު ލަތީފް.

އަހުމަދު ލަތީފް.

ދެ ވަނައަށް ހާރިޖީ ހިދުމަތުގެ މަތީ ދަރަޖަ ހާސިލްކުރެއްވި ފޮރިން ސެކްރެޓެރީ ލަތީފް ރާއްޖޭގެ ހާރިޖީ ދާއިރާގައި ހިދުމަތް ކުރައްވަން ފެށްޓެވީ، 26 ނޮވެންބަރު 1981 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑާ ސެކްރެޓެރީގެ ކަމުގެ މަގާމެވެ.

މި ދާއިރާގައި ލަތީފް ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި ވަނީ ދޭދޭ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާތްތަކާއި، ހާއްސަކޮށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ފަދަ ސަރަހައްދީ ޖަމިއްޔާތަކާ އެކު ރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމުގެ މަސައްކަތުގަ އެވެ.

ސާކް އުފެއްދުމުގެ ކަންކަމުގައި އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް ލަތީފެވެ. ސާކްގެ ސެކްރެޓޭރިއެޓްގައި ދިވެހިރާއްޖޭގެ ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވައި، އަދި ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓުގެ އެކި ކަންކަމުގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ލަތީފް އަކީ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އިންޑިއާގެ ނިއުދިއްލީގައި 2004 ގައި ގާއިމްކުރި ދިވެހިރާއްޖޭގެ ރެޒިޑެންޓް މިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ހައިކޮމިޝަން ގާއިމުކުރެއްވުމުގައި އަދި ހިންގެވުމުގައި ވަރަށް އިސް ދައުރެއް އޭނާ އަދާކުރައްވާފައިވެ އެވެ.

ލަތީފަކީ ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އަދި، ޖަރުމަން ވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަންވެސް އޭނާ ކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox