މުއިއްޒު ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ފައިސާ ހޯއްދެއްވީ ސީދާ އެމަނިކުފާނު އެދިލައްވައިގެން ކަމަށް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު : ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ފައިސާ ހޯއްދެއްވީ ސީދާ އެމަނިކުފާނު އެދިލައްވައިގެން ކަމަށް  - ފޮޓޯ: އަދަދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު : ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ފައިސާ ހޯއްދެއްވީ ސީދާ އެމަނިކުފާނު އެދިލައްވައިގެން ކަމަށް - ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ޔޫއޭއީގެ ސަރުކާރުން ނިންމީ ސީދާ އެމަނިކުފާނުގެ އެދުމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވަލާވާލެއްވުމަށް މިއަދު އެއާޕޯޓަށް ވަޑައިގެން ދައުވަތު ދިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

"އަޅުގަނޑު އިހަށްދުވަހު ކުރި ދަތުރުގައި އަޅުގަނޑު ސީދާ، އަބޫދާބީ ސަރުކާރުގެ އިސް ބޭފުޅުންނާއެކީގަ ބޭއްވި ބައްދަލުވުމުގަ އަޅުގަނޑު ހުށަހަޅައިގެން އެބޭފުޅުން އެގޮތަށް ނިންމަވާދެއްވައިގެން މިހާރު [އެ ފައިސާ] ލިބޭ ގޮތަށް މިހާރު ހަމަޖެހެމުން އެބަދޭ،”

މުއިއްޒު ރައްދު ދެއްވާފައިވަނީ، އެ ފައިސާ ހޯއްދެއްވީ އެމަނިކުފާނު ކަމަށް ފުރަތަމަ އިންތިގާލީ އޮފީހުން ބުނުމާއެކު، މި ސަރުކާރުން ދިން ރައްދަށެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހުން މިހާރުގެ ފިނޭންސް މިނިސްޓަރާ ސުވާލު ކުރުމުން އެއީ ޑރ. މުއިއްޒުގެ ދަތުރުގެ މާ ކުރިން ހަމަޖެހިފައި ހުރި ފައިސާ ކަމަށް ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮދޭނީ ސައުދީ ފަންޑުންނެވެ.

"ވަރަށް ފަހުން ވެސް ސައުދީ ފަންޑުން އެއާޕޯޓު ނިންމަން އިތުރަށް ބޭނުންވާ 100 މިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައި. އެއާޕޯޓު ތަރައްގީ ކުރަނީ އަރަބި ކޯޑިނޭޝަން ގްރޫޕުގެ ހުރިހާ މެމްބަރުން އިންވެސްޓު ކުރާ ޕްރޮޖެކްޓެއް މިއީ," އަމީރު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު މިއަދު ވަނީ ތަކުރާރުކޮށް އަމީރުގެ ވާހަކަފުޅަށް ރައްދުދެެއްވާ އެ ފައިސާ ހޯދުމާ މިހާރު މިއޮތް ސަރުކާރާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އެއީ އެ ބައްދަލުވުމުގަ ހުށަހެޅި ނިމުނު ކަމެއް، އޭގެ ކުރިއަކަށް އެއްވެސް ކަމެއް ކޮށްފަ އޮތް ކަމެއް، ނިމިފަ އޮތް ކަމެއް ނޫން، އެ ބައްދަލުވުމުގަ ނިމުނު ކަމެއް،"

އަދި، އެ ވާހަކަ އިންތިގާލީ އޮފީހުން ހާމަކުރީވެސް ޔޫއޭއީގެ ސަރުކާރުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އަލަށް އެކުލަވާލާ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާ ގޮތުގެ ސަބަބުން ބޭރުގެ އެހީ ހޯދަން ފަސޭހަވެގެންދާނެ ކަމަށްވެސް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަތަރު ފަރާތަކުން ލޯނު ނަގައިގެން ހިންގާ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު (5 ބިިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުއަށް ލޯނު ނަގާފައިވަނީ ކުވެއިތު ފަންޑް، ސައޫދީ ފަންޑް، އަބޫދާބީ ސަރުކާރު އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ އިންނެވެ.

އެ ފައިސާ ހަމަޖައްސާ އޭޑީއެފްޑީން ގެންދަނީ މިހާރު ވެސް ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން, މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނ. އަތޮޅުގައި "އަލްޓްރާ ލަގްޒަރީ" ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އެ ފަންޑާ ހަވާލުކުރި އެވެ.

އެ މަޝްރޫއުގެ ދަށުން މާފަރުގައި 60 މިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ވަނީ ތަރައްގީކޮށްފަ އެވެ. އެ އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް ކުރަމުންދަނީ އޭޑީއެފްޑީގެ އެހީތެރިކަމާ އެކު އެވެ.

އެ ފަންޑަކީ އަބޫދާބީގެ ސަރުކާރާ ގުޅިފައިވާ އެ ގައުމުގެ ޝާހީ އާއިލާއިން މެނޭޖުކުރާ ފަންޑެކެވެ. ޖުލައި 15, 1971 ގައި ވުޖޫދުކުރި މި ފަންޑުގެ ޗެއާމަނަކީ އެ ގައުމުގެ ނައިބު ރައީސް އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މަންސޫރު ބިން ޒައިދު އަލް ނަހުޔާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox