އިންޒާރަށް ފަހު ޔާމީން ހިމޭން ވެއްޖެ

އޮކްޓޯބަރު 30 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން އާއި ޕާޓީގެ އިސް ބައެއް ބޭފުޅުން. އެމަނިކުފާނަށް އިންޒާރު ދިނީ ސިޔާސީ ހަރަކާތްތައް ހިންގަވަން ފެށްޓެވުމުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޮކްޓޯބަރު 30 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން އާއި ޕާޓީގެ އިސް ބައެއް ބޭފުޅުން. އެމަނިކުފާނަށް އިންޒާރު ދިނީ ސިޔާސީ ހަރަކާތްތައް ހިންގަވަން ފެށްޓެވުމުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކަރެކްޝަނަލް ސާވިސްއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ދިން އިންޒާރާއެކު އެ މަނިކުފާނު ހިމޭން ވެއްޖެ އެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީން ގޭ ބަންދަށް ބަދަލުކުރީ އޮކްޓޯބަރު 1 ގަ އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް އޮކްޓޯބަރު 28 ވަނަ ދުވަހު ދިނެވެ.

ނަމަވެސް ސިޔާސީ ހަރަކާތްތައް ފެށްޓެވުމާއެކު އެ ލުއިތައް ނަގާނެކަމުގެ އިންޒާރު އޮކްޓޯބަރު 31 ގައި ކަރެކްޝަނަލް ސާވިސްއިން އެ މަނިކުފާނަށް ދިނެވެ. އެއީ ޕީޕީއެމް އޮފީހުގައި ޖަލްސާތައް ބާއްވަން ފެށްޓެވުމާއެކު އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިފަހަރު މިކަމުގައި ކަންބޮޑުވެ ބަހެއް ބުނެފައެއް ނެތެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "އަދަދު" ނޫހަށް އޭރު ވިދާޅުވީ ޔާމީނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގުން ނުހިމެނޭނެ ކަމާއި އެއީ ޕެރޯލް ގާނޫނާއި އެ މަނިކުފާނު އެއްބަސްވެވަޑައިގެންނެވި އިގުރާރާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.

ޖަލު ހުކުމެއް އިއްވާފައިވާ ފަރާތަކަށް ސިޔާސީ ގޮތުން ހަރަކާތްތެރިވުން މަނާކުރާ ގޮތަށް ޖަލުތަކާއި ޕެރޯލް ގާނޫނު ބަދަލުކުރީ ޔާމީންގެ ވެރިކަމުގަ އެވެ. އެ ބަދަލު އޭރު ގެނައީ އިދިކޮޅު ލީޑަރުންގެ ސިޔާސީ މައިދާނުން އެކަހެރި ކުރުމުގެ ބޭނުމުގަ އެވެ.

އެ ގާނޫނުގެ 62 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން ޔާމީނަށް އިންޒާރު ދިންތާ ހަފުތާއެއް ފާއިތުވެގެން ދިޔައިރު، ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަވާފައެެއް ނެތެވެ. ސޯޝަލް މީޑިއާގައި ވެސް ބަހެއް ވިދާޅުވެފައި ނުވާއިރު، އެ މަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ ހ.ދޫވެހި ގޭގެ ކިޑިކީން ވެސް މެމްބަރުންނާ މިހާރު ވާހަކަ ދައްކަވާ ނުހައްދަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox